ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓޯނިއާގެ ދަތުރަކީ ކާމިޔާބު ތާރީހީ ދަތުރެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެސްޓޯނިއާގެ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަކީ ތާރީހީ އަދި ކާމިޔާބު ދަތުރުފުޅެއްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެސްޓޯނިއާގެ ރައީސް އަލާރ ކަރިސްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުއިއްޒުވަނީ އެ ގައުމުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު މީޑިއާތާއި ހިއްސާކުރައްވާފައެވެ. އެގޮތުން މިއީ ތާރީހީ ދަތުރެއްކަން ފާހަގަކުރައްވާ ތާރީހީ ކަމަކަށް ވެގެންދަނީ ރާއްޖޭގެ ރައީސްއަކު އެ ގައުމަށް ރަސްމީގޮތުން ކުރެއްވި ފުރަތަމަ ދަތުރުފުޅަށްވެގެންދިއުންކަން ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކާމިޔާބު ދަތުރަކަށް ވެގެންދަނީ އެދިވަޑައިގެން މެނިފެސްޓޯގައި ހިމަނާފައިވާ ރާއްޖޭގެ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ރާއްޖެއަކީ ޑިޖިޓަލައިޒްޑް ގައުމަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ދުނިޔޭގައި އެންމެ ބޮޑަށް ކާމިޔާބީ ހާސިލުކޮށްފައިވާ ގައުމަށް ޒިޔާރަތްކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވުންކަމަށެވެ. ރައީސް ވިދާޅުވީ، އެ ގައުމުގެ ކަންކަން ބައްޓަން ކޮށްފައިވާ ގޮތް ބައްލަވައި އެކަންކަމާއިއެކު ރާއްޖެއަށް ކުރިއަށް ދެވޭނެ ގޮތާއިމެދު މަޝްވަރާކުރެވިފައިވާކަމަށާއި ރާއްޖެއަށް ކުރިއަށް ދެވޭނެ މަގުތައް ހޯދުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި މަސައްކަތްކުރެވިފައިވާކަމަށެވެ.

އެގައުމުގެ ރައީސްގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުންވެސް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަވާފައިކަމަށާއި ކޮންމެ ދުވަހެއްގައިވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާކަމަށެވެ. އަދި އެ ގައުމުން ދަތުރުގެ ޕްރޮގްރާމް ތައްޔާރުކޮށްފައި އޮތީ ވަރަށް ވިސްނުންތެރިކަމާއިއެކުކަމަށާއި އެ ގައުމުން ވޭތުވެދިޔަ އަހަރުތަކުގެ މަތިން ޑިޖިޓަލައިޒޭޝަންގެ ހުރިހާ މަސައްކަތްތަކެއް ކާމިޔާބުކޮށްފައިވާ ގޮތް ފެނިގެންދިޔަކަމަށެވެ. ރައީސް ވިދާޅުވީ، ދިމާވެގެންދިޔަ ދަތިތަކުގެ އިތުރުން އެކަންކަމުން އަރައިގަތުމަށްޓަކައި މަސައްކަތްކުރެވިފައިވާ ގޮތްވެސް އެނގިގެންދިޔަކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޑިޖިޓަލައިޒޭޝަން ނޫން އެހެނިހެން ދާއިރާތަކުންވެސް ކުރިއެރުންތައް ހޯދާފައިވާގޮތް ވަރަށް ރަނގަޅަށް އޮޅުން ފިލައިގެންދިޔަކަމަށޭވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: