ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ: ޝަހީމް

މިސްކިތެއްގައި ކުޅިވަރު ކުޅޭ މަންޒަރު ފެންނަ ވީޑިއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އެއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށައިފައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ފަހުން މިސްކިތެއްގެ ތެރޭގައި ބަޔަކު ގޭމުކުޅެ ސަކަރާތް ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. ވިލުފުށީގެ މިސްކިތެއްގެ ތެރޭގައި ކުޅިވަރު ކުޅޭތަން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގައި އެ ހަރަކާތެއް ހިންގާފައި ވަނީ ބިދޭސީންނެވެ. އެ ވީޑިއޯގައި ފެން އަޅާ ތައްޓެއް ބޮލަށް ލައިގެން ދެ މީހަކު ރޭސް ޖަހާ މަންޒަރު ފެނެއެވެ. އެ ތަނުގައި އެ ވަގުތު ލަވަ ވެސް ޖަހާފައި ހުރެއެވެ.

އެ ހަރަކާތްތައް އެ މީހުން ކުރިއަށް ގެންދިޔަ އިރުގައި މާތްﷲ ގެ ކަލާމްފުޅާއި ގުރުއާނުގެ އެކި ކުރެހުންތައް އެ އިމާރާތުގެ ތެރޭގައި ހުރި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެ ހަރަކާތް ހިންގާފައިވާ ވިލިފުށީގެ މަސްޖިދުލް އުމަރު ފާރޫގްގެ ބޭސްމެންޓްގެ ތެރޭގައި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޯށްފައިވެއެވެ.

ވީޑިއޯ އާއްމުވުމާއެކު ގިނަ ބަޔަކުވަނީ ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފައެވެ. އަދި އެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާއިމެދު ސުވާލު އުފައްދާފައިވެސް ވެއެވެ. އެހެންނަމަވެސް އެ މައްސަލައާއި ގުޅިގެން މިނިސްޓަރ ޝަހީމް ވިދާޅުވީ މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: