ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލުގެ ކެބިނެޓުން ހުއްދަ ދީފި

އިސްރާއީލުން ފޮނުވާލުމުން ޣައްޒާ ސަރަހައްދަށް އެނބުރިދާ ފަލަސްތީނުގެ ރައްޔިތުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި 15 މަސް ދުވަހުގެ ތެރޭގައި ދެމުން ދިޔަ ޙަމަލާތައް ހުއްޓާލައި، ދެފަރާތުން އަސީރުން ބަދަލު  ކުރުމުގެ  އެއްބަސްވުމަކަށް އައުމަށް ވެފައިވާ އެއްބަސްވުމަށް އިޒްރޭލުގެ ކެބިނެޓުން ހުއްދަ ދީފިއެވެ.

އެއާއެކު އިޒްރޭލުން މެދުކެނޑުމެއް ނެތި ގާޒާއަށް ދެމުންދިޔަ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އެންމެ ފަހުން މިވަނީ އައިސްފައެވެ.

ޤަތަރުގެ ބޮޑުވަޒީރު ޝެއިޙް މުޙައްމަދު ބިން އަބްދުލްރަޙުމާން އަލް ސާނީ ވަނީ މި އެއްބަސްވުމަށް އާދިއްތަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެކަމަށް ވިދާޅުވެފައެވެ.

ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ކަމުގެ ޚަބަރާއެކު ފަލަސްތީނުގެ ރައްޔިތުންގެ އިތުރުން އިޒްރޭލުގެ ރައްޔިތުންވެސް އުފާ ފާޅުކޮށްފައިވާކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.

ފާއިތުވެ ދިޔަ 15 މަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ގާޒާގެ 46،700ށް ވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފައެވެ.

އޭގެ އިތުރުން، 2.3 މިލިއަނަށްވުރެ ގިނަ މީހުން ޙާލުގައި ޖެހިފައިވާއިރު، މުޅި ގާޒާ އެކީގައިހެން ވަނީ ސުންނާފަތި ކޮށްލާފައެވެ.

މިހާރު އެއްބަސްވެވިފައިވާ ގޮތަކީ ފުރަތަމަ ދުވަހު ޙަމާސްއިން 3 އަސީރުން ދޫކޮށްލުމާއެކު އިޒްރޭލުން ގާޒާގެ ބައެއް ސަރަޙައްދުތަކުގައި ތިބި ސިފައިން އަނބުރާ ގެނައުމަށްކަމަށް ފަލަސްތީނުގެ އޮފިޝަލު ބީބީސީއަށް ވިދާޅުވިއެވެ.

އެއަށްފަހު އަނެއްކާވެސް ޙަމާސްއިން އިތުރު އަސީރުން ދޫކޮށްލުމުން، ގާޒާގެ ދެކުނުގައި ޙާލުގައި ޖެހިފައިވާ ފަރާތްތައް އުތުރަށް ބަދަލުވުމުގެ ހުއްދަ އިޒްރޭލުން ދިނުމަށް އެއްބަސްވެވިފައިވާކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އޭގެ އިތުރުންވެސް ޙަމަލާ ބަދަލު ކުރުމުގެ އިތުރު މަރުޙަލާތައް ކުރިއަށްދާނެކަމަށް އޭނާ ކިޔާދެއްވާފައިވެއެވެ.

ހަމައެއާއެކު، އިޒްރޭލުންވެސް އެ ޤައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައި ތިބި އެތައް ބަޔަކު އެބަތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ، މިހާރު އެކުލަވާލެވިފައިވާ އެއްބަސްވުމުގެ ދަށުން ގާޒާގައި ހިނގަމުންދާ ޙަމަލާބަދަލުކުރުންތައް ހުއްޓޭނެ ކަމަށާއި، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ޙަމާސްގެ ލީޑަރު ޚަލީލް އަލް ޙައްޔާ ވަނީ މިއީ ފަލަސްތީނުގެ ނުގުޑާފަދަ ވަރުގަދަ އަޒުމުގެ ސަބަބުން ހޯދި ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: