ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހަރަކާތެއް މާލެ ސަރަހައްދުގައި!

ބަންދުކޮށްފައި އޮތް ސަރަހައްދަކަށް އެއްވެފައި ތިބި ބިދޭސީންތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ޙަރަކާތެއް ހޮނިހިރު ދުވަހު މާލެ ސަރަޙައްދުގައި ފަށައިފިއެވެ.

އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ހޯމް މިނިސްޓްރީން ބުނީ، މި ޙަރަކާތް ހޮނިހިރު ދުވަހުގެ ހެނދުނު 08:00ން ފެށިގެން އިރު އޮއްސި 18:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

މާލެ ސަރަޙައްދުގައި މި އޮޕަރޭޝަން ކުރިއަށްދާއިރު، މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައި ވެސް ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހޯމް މިނިސްޓްރީން ބުނީ، މި މުޅި އޮޕަރޭޝަނުގައި މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވާ ކަމަށެވެ.

މިޙަރަކާތުގައި އެޑިޔުކޭޝަން ސެކްޓަރއަށް ނިޞްބަތްވާ މައިގްރެންޓް ވޯކަރސްގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު، މައިގްރެންޓް ވޯކަރސް ސްކްރީން ކުރުމުގެ މަސައްކަތް އެންޓިޓިޕް އޮފީހުން ކުރިއަށް ގެންދިއުމަށްވެސް ރޭވިފައިވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އަދި 2025 ގައި އިމިގްރޭޝަންގެ އޮޕަރޭޝަންތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައިއިރު މަޑުޖެހުމެއް އައީ ބޭނުންވާ ވަސީލަތްއް މަދުވުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: