ބުރޫނާއީގެ ސްކޮލަޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއީ ”ބުރޫނާއި ގަވަރަމެންޓް ދާރުއްސަލާމް ސްކޮލަޝިޕް ޕްރޮގްރާމް“ ގެ ދަށުން ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ. އެގޮތުން މި ސްކޮލާޝިޕްތައް ލިބިފައިވަނީ ބުރޫނާއިގެ ފަސް ޔުނިވާސިޓީ އަކުންކަމަށްވެސް މިނިސްޓްރީިން ބުނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުތަކެވެ.
މި ސްކޮލަޝިފްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ދުވަހުގެ 16:00 އާހަމައަށެވެ.

