ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ޝަހީމް ޕާކިސްތާނާއި ސަޢުދީ ޢަރަބިއްޔާގެ ރަސްމީ ދަތުރުފުޅު ނިންމަވައި އެނބުރި ވަޑައިގެންފި.

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޕާކިސްތާނު އަދި ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ވަޒީރު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަކީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތަޢުލީމު ދިނުމާ ބެހޭގޮތުން ބޭއްވި ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ވަޒީރު ވަނީ މި ކޮންފަރެންސްގެ ޢިލްމުވެރިންގެ ސެޝަންގައި ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ ސައުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ޤާއިމު ކުރާ ޙައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން ޙައްޖު މިނިސްޓަރ ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވާ ޙައްޖާއި ޢުމްރާއާއި ގުޅޭ ކަންކަމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: