ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތު މިނިސްޓަރ ޖަމިއްޔާތަކާއެކު މަޝްވަރާއަށް ތާރޑް-ސްޕޭސްއަށް! ބޮޑު ތަރުހީބެއް!

ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޔޫތް މިނިސްޓްރީން އިތުރަށް ކުރެވިދާނެކަންކަން ދެނެގަތުމަށްޓަކައި މިނިސްޓަރ އިބްރާހިމް ވަހީދު { އަސްވާޑް}އިސްވެ ހުންނަވައިގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

100 އަށްވުރެ ގިނަ މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދެވުނު މި ބައްދަލުވުމުގައި، މިނިސްޓަރ އަސްވާޑް މަޝްވަރާތަކުގެ މުހިންމުކަމާއި، މިފަދަ ބައްދަލުވުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމުން ހައްލުތަކެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، މަދަނީ ޖަމްޢިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެކުގައި މަޝްވަރާކުރެވޭނަމަ، ގިނަ ކަންކަމަށް ހައްލު ހޯދިދާނެއެވެ. އޭގެ ތެރެއިން މިވަގުތު އެންމެ ބޮޑަށް ފާހަގަކުރެވެނީ ޖާގައިގެ ދަތިކަންކަމަށް ޖަމްޢިއްޔާތަކުން ފާހަގަކުރާއިރު، މިނިސްޓްރީގެ ދެކޭގޮތުގައި މިއީ ހަމައެކަނި ޖާގައެއް ބޭނުންވެގެން ދައްކާ ވާހަކައެއް ނޫނެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، ޖާގަ ބޭނުންވަނީ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ކަމަށްވާތީ، ދައުލަތުގެ ހައިސިއްޔަތުން މިއީ ކޮންމެހެން ފަހިކޮށްދޭންޖެހޭ މަގެއްކަމަށް ދެކެވަޑައިގަންނަވައެވެ. އަދި މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖާގަ ނެތުމުގެ މައްސަލައަކީ މިއަދު ދައުލަތާއި ސަރުކާރުން ޒިންމާވާންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

ޒުވާނުންގެ ތާޑް ސްޕޭސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެތަން އަދިވެސް ހުރީ މިނިސްޓްރީގެ ބެލުމުގެ ދަށަށް އައިއިރު ހުރި ގޮތުގައި ކަމަށާއި، އެއީ އެންމެ އެދެވޭ ގޮތަށް ހުރި ތަނެއް ނޫންކަމަށެވެ. އެހެންކަމުން، އެތަނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި، ތަން އަލުން ފަރުމާކޮށް، ޖަމްޢިއްޔާތަކަށް ހަރަކާތްތެރިވެވޭނެ އިންތިޒާމުތަކެއް ހުރި ތަނަކަށް ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ދެކިވަޑައިގަންނަވާ ގޮތުގައި، އެތަނަކީ ވަރަށް ގިނަ ބޭނުންތަކަށް އެކަށީގެންވާ ގޮތަކަށް ބައްޓަންކުރެވިފައިވާ ތަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: