ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޖަވާބުދާރީކުރާ އޮޕޮޒިޝަނެއް ނެތް، އުޅެނީ އަމިއްލަ މަގުސަދެއް ހާސިލުކުރަން: މުހައްމަދު އިސްމާއިލް

ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރެއް ޖަވާބުދާރީކުރަން މަސައްކަތްކުރާ އޮޕަޒިޝަން ޕާޓީއެއް އޮތްކަމަށް ގަބޫލުނުކުރައްވާކަމަށާއި މަސައްކަތްކުރަމުންދަނީ އަމިއްލަ މަގުސަދުތަކެއް ހާސިލުކުރުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މުހައްމަދު އިސްމާއިލްވަނީ ރާއްޖޭގައި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. މެމްބަރު ވިދާޅުވީ، އެއްގޮތަކަށްވެސް ސަރުކާރު ޖަވާބުދާރީކުރުވަން އެމްޑީޕީން ޒިންމާދާރުކަމާއިއެކު މަސައްކަތްކުރާ ކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. މުހައްމަދު އިސްމާއިލް ވިދާޅުވީ، އެމްޑީޕީން ދަނީ އަމިއްލަ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ކުޅިވަރު ކުޅެމުންކަމަށާއި ބިލަކަށް ބަހުސްކުރުމަށް ހުޅުވާލުމުން ބިނާކުރަނިވި ގޮތެއްގެ މަތިން އެކަމާއި ގުޅުންހުރި ވާހަކަތަކެއް އެމްޑީޕީގެ މެމްބަރުން ނުދައްކާކަމަށެވެ.

މެމްބަރު ވިދާޅުވީ، ބިލުގެ ތަރަހައިގެ ތެރެއަށް ވަނުމަށް އެތައް ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެދިވަޑައިގަނަވަންޖެހޭކަމަށެވެ. އަދި ތަކުރާރުކޮށް އެދިވަޑައިގަތުމުންވެސް އެ ބޭފުޅުން ބޭނުންވާ ސިޔާސީ ވާހަކަތަކެއް ދެއްކެވުމަށްފަހު ނިންމާލައްވާކަމަށް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ސަރުކާރެއް ޖަވާބުދާރީކުރުމަށްޓަކައި މަސައްކަތްކުރާ އޮޕަޒިޝަނެއް އޮތްކަމަށް ގަބޫލުނުކުރައްވާކަމަށާއި އެމްޑީޕީން މަސައްކަތްކުރަނީ އެ ޕާޓީގެ ލީޑަރުން އެދޭ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްކަމަށެވެ. އެމްޑީޕީގެ އަޑުމަޑުކަމަށް ބުނާ ވާހަކައަށް އަލިއަޅުއްވައި މެމްބަރު ވިދާޅުވީ، އެމްޑީޕީގެ އަޑުމަޑުވާންޖެހޭކަމަށާއި ރާއްޖޭގައި އެޕާޓީގެ އަޑު ގަދަވާކަށް ނުޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ.

މެމްބަރު ވިދާޅުވީ، އަޑެއް ގަދާނަމަ ޕާޓީއެއް އޮންނަންވާނީ ގައުމީ ވިސްނުމުގައި މަސައްކަތްކުރައްވާ މެމްބަރުންތަކަކުން އެކުލެވިފައިކަމަށާއި ޕާޓީވެސް ވުޖޫދުކުރެވިފައިވާންޖެހޭނީ އެ ވިސްނުމުގައިކަމަށެވެ. އަދި އަމިއްލަ މަގުސަދެއް ހާސިލުކުރުމަށްޓަކައި ހެދިފައިވާ ޕާޓީތަކުގެ އަޑު ގަދަވާން ނުޖޭހޭކަމަށް ފާހަގަކުރެއްވިއެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ، 30 އަހަރުވީ ވެރިކަމެއް ނިމުމަކަށް ގެނައުމަށްޓަކައި އެމްޑީޕީން ނުކުތް އިރު އަޑުގަދަކަމަށާއި ރައްޔިތުންވެސް އެކަން ބަލައިގަތްކަމަށެވެ. ނަމަވެސް މިއަދު ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭކަން ރައްޔިތުންނަށް އެނގޭކަމަށާއި ގައުމު ލިބުމުން އެމްޑީޕީއިން ވަނީ މުޅި މިލްކިއްޔާތު ވިއްކާލުމަށްފަހު މިނިވަންކަން ގެއްލުވާލުމަށް މަސައްކަތްކޮށްފައިކަމަަށެވެ. މެމްބަރު ވިދާޅުވީ، އެ ޕާޓީންވަނީ ރާއްޖެއިން އިސްލާމް ދީން ނަގާލުމަށް މަސައްކަތްކޮށްފައިކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު އދގެ ހިއުމަން ރައިޓްސް ޗީފްގެ ގޮތުގައި ހުންނެވި ނަވީ ޕިއްލޭ ގެނެސްގެން ހައްދު ޖެހުމާއި ދެކޮޅަށް ވަކާލާތުކުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: