ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޒިޓް މޯލްޑިވްސްއިން ބާރލިންގައި ޓެކްސީ ކެމްޕޭނެއް ކުރިއަށް ގެންދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީން) އައިޓީބީ ބާލިން 2025 ގައި ޓެކްސީ ކެމްޕޭނާއި އައުޓްޑޯ ކެމްޕޭން ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެމްޕީއާރްސީން ބުނީ، މިއީ ވިޒިޓް މޯލްޑިވްސްއިން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް އައުޓްޑޯ ޙަރަކާތް ކަމަށެވެ. އެގޮތުން މި ކެމްޕޭނުގައި ޖަރުމަނު މާކެޓުގައި ރާއްޖެއަކީ މަޤްބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ފެނިގެންދާނެކަމަށްވެސް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ.

މި ޓެކްސީ ކެމްޕޭން 5 ހަފްތާއަށް ކުރިއަށްދާނެކަމަށްވެސް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްއާއި، އައިޓީބީ ބާލިންވެސް ދިމާވާކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ބުނީ، މި އިވެންޓުތަކަށް 6 ލައްކައަށްވުރެ ގިނަ މީހުން ބައިވެރިވާ ކަމަށެވެ.

އެހެންކަމުން، މި ކަންކަމުގެ ޒަރިއްޔާއިން ރާއްޖެ ޕްރޮމޯޓު ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ވިޒިޓް މޯލްޑިވްސް ބްރޭންޑުގެ 200 ޓެކްސީގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި ޝައުޤުވެރި މެސެޖުތަކެއް ހިމެނޭނެކަމަށްވެސް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ. އަދި މި ކެމްޕޭނުގެ ސަބަބުން ޖަރުމަނުގެ ފަތުރުވެރިންގެ މެދުގައިވެސް ރާއްޖެއަށް އޮތް މަޤްބޫލުކަން އިތުރުވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: