މާލެ ގެއެއްގައި ގެންގުޅޭ މީހަކު ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ފުލުން ބަލަންފަށައިފިއެވެ.
ފުލުުހުންގެ މީޑިއާއިން ހާމަކުރިގޮތުގައި، ގޭގައި ގެންގުޅޭ ނޭޕާލް އަންހެން މިހާ ހާއްސަ އެހީބޭނުންވާ 3 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ފުލުހުންނަށް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރަށް ތަހުގީގުކުރާކަމަށް ބުނެފައިވެއެވެ.
ދާދިފަހުން މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައި ވަނީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ތައުލީމު ހާސިލްކުރަމުންދާ އިތުރު އެހީ ބޭނުންވާ ކުއްޖަކަށް ޓީޗަރަކު ޖިސްމާނީ އަނިޔާ ކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިފައެވެ.

