ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް ޓަކައި އެމެރިކާ އާއިއެކު މަަސައްކަތްކުރަން އޮތީ ތައްޔާރަށް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް ޓަކައި ރާއްޖެއިން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ދުނިޔޭގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެހެންކަމުން މި ހާލަތާ ކުރިމަތިލެއްވުމަށް ރައީސްގެ ހިކުމަތާއި ހުޝިޔާރު ކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ގައުމުން ވެސް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި، ރާއްޖެއިން އޮތީ އާ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ސުލްހައަށް ޓަކައި މަސައްކަތް ކުރުމާއި ދެ ގައުމުގެ ޒަމާންވީ ގުޅުން ވަރުގަދަ ކުރުން ހިމެނޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޓްރަމްޕަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެ މެސެޖުގައި އެ މަނިކުފާނު ވަނީ، މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ގައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދެޤައުމުން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: