ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ – ޗައިނާ އެފްޓީއޭގެ ދަށުން މިއަހަރުގެ މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއާއިއެކު އެކުލަވާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިއަހަރުގެ މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ 18 ދުވަހުގެ ތެރޭ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެ އެތެރެކޮށްފައިވާ 1.9 މިލިއަން ރުފިޔާގެ މުދަލުގެ ކްލިއަރެންސް ވަނީ ހަދާފައެވެ. މިއީ ވައިގެ މަގުން ގެނައި ސީއައިއެފް ވެލިއު 882،381 ރުފިޔާއަށް އަރާ ނުވަ ޝިޕްމެންޓަކާއި ކަނޑުމަގުން ގެނައި ސީއައިއެފް ވެލިއު 1،040،875 ރުފިޔާއަށް އަރާ ތިން ޝިޕްމެންޓެވެ.

ރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014، ޑިސެމްބަރުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މި އެއްބަސްވުމަށް ރުހުންދީފައި ވަނީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިން ބަދަލުވުމުގެ ކުރިޔަށް އޮތް މަޖިލީހުންނެވެ. އޭގެ ފަހުން އެމްޑީޕީގެ ވެރިން އުފެދި އެއްބަސްވުން މުރާޖައާ ކުރަމުންދާކަމަށް ބުނެ، އެއްބަސްވުމަށް އަމަލުކޮށްފައި ނުވެއެވެ.

އެއަށްފަހު ދެން މި އެއްބަސްވުމަށް އަމަލު ކުރަން ފެށީ މި ސަރުކާރުންނެވެ.

މި އެއްބަސްވުމާއި ގުޅިގެން މި ސަރުކާރުގެ އިގްތިސާދީ ވަޒީރު ވިދާޅުވީ، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި 90 އިންސައްތައާއި ހަމައަށް ރާއްޖެ އެތެރެ ކުރާ ޗައިނާގެ ގިނަ ބާވަތްތަކުގެ މުދަލުން ޑިއުޓީ މައާފުވާނެކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ ފުރުސަތެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު ބާޒާރުކަމުގައިވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމާއިއެކު ޓްރެޑިޝަނަލް މާކެޓުތައް ގެއްލޭނެކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޓްރާންޝިނަލް މާކެޓުތަކުގެ ގޮތުގައި ހުރީ އަވައްޓެރި ގައުމުތަކުގެ އިތުރުން ޔޫއޭއީ ފަދަ ގައުމުތައްކަމަށެވެ. މިއާއި އެކު އިންޑިއާއާއި އެކު ވެސް އެފްޓީއޭ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ޑިއުޓީ މައާފުވުމުގެ ސަބަބުން ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ގެއްލޭނެކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކީ އެއީ ނޫންކަން ހާމަކުރައްވައި ސައީދު ވިދާޅުވީ ޑިއުޓީގެ ގޮތުގައި ފައިސާ ނުލިބުން ނަމަވެސް ދައުލަތަށް އެ ފައިސާ ނުގެއްލޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: