ރަށްރަށަށް ދަތުރު ކުރެއްވުމުގެ ބޭނުމަކީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވުން ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ރ ވާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމަށާއި، ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވަނީ ރ ވާދޫ ރައްޔިތުންނަށްވެސް އެމަނިކުފާނު ކޮށްދެއްވާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ރައީސް ވިދާޅުވީ، ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުންނާއި ކައުންސިލުގެ މަޝްވަރާވެސް ހޯދުމަށްފަހު ކަމަށެވެ.
އޭގެ އިތުރުން، ރަށްރަށަށް ދަތުރު ކުރެއްވުމުގެ ބޭނުމަކީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކަމާ ގުޅުންހުރި ވަޒީރުންވެސް އަޅުގަނޑާއެކުގައި ރަށްރަށަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައި، އެކަންކަން ކުރެވޭނެ ގޮތް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީ ނަތީޖާ ނެރެދިނުމުގެ ބޭނުމުގައި
ރައީސް ވިދާޅުވީ، ގޮންޖެހުންތަކާއެކުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް ކަމަށެވެ.

