މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ މާކެޓުންކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ތެރޭގައި ރާއްޖެއަށް އައި ޖުމުލަ ފަތުރުވެރިންގެ ތެރެއިން 12.2 އިންސައްތަ ހިއްސާކުރަނީ ރަޝިއާ މާކެޓުންކަމަށެވެ. އަދި ދެވަނައަށް އެންމެ ގިނައިން މިހާތަނަށް މީހުން އައިސްފައިވަނީ ޗާއިނާއިންކަމަށާއި އެއީ 10.7 އިންސައްތަކަމަށެވެ. ތިންވަނައިގައި އޮތީ އިޓަލީ މާކެޓުކަމަށްވާއިރު އިންޑިއާ އޮތީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތަށްފަހު 6 ވަނައިގައިކަން ފާހަގަކުރެވެއެވެ.
މިހާތަނަށް 132،235 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު 9.4 އިންސައްތަ އިތުރު އަދަދެކެވެ. ޖުމަލަ ފަތުރުވެރިންގެ ތެރެއިން 91،637 މީހުން އައިސްފައިވަނީ ރިސޯޓުތަކަށް ކަމަށްވާއިރު 33،991 ފަތުރުވެރިޔަކު ގެސްޓްހައުސްތަކަށް އައިސްފައިވާކަންވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

