ހދ ނޮޅިވަރަމްފަރުގައި ފަތުރުވެރިިޔަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާގޮތުން ފަތުރުވެރިޔަކަށް ޖިންސީ ގޯނާކޮށްފައިވަނީ ޖެނުއަރީ 20 ވަނަ ދުވަހުގެ 14:45 ހާއިރު ހދ ނޮޅިވަރަމްފަރުގައި ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ބީޗުގައި އިންދާކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާއި މައްސަލައާއި ގުޅިގެން 30 އަހަރުގެ ފިރިހެނަކު ފުލުހުންގެ މުއައްސަސާއިން ހައްޔަރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ފިރިހެން މީހާ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މުއައްސަސާއިން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

