ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއެންއާރުގެ ވެރިން ވަނީ ކުރި ކުށަށް އިއުތިރާފުވެފަ، ފިޔަވަޅު އަޅަން ޖެހޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ވެރިން ކުރި ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ބަލައި އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒް މިހެން ވިދާޅުވެފައި މިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދަށުން ހިންގާ ޑީއެންއާރުގެ ވެރިން، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށްޓަކައި، ޑީއެންއާރުގައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުން ކުރިކަމަށް ބުނާ މައްސަލައިގައެވެ.

މިކަން ފެންމަތިވެފައިވަނިކޮށް އިއްޔެ ޑީއެންއާރުން ވަނީ، ތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށްޓަކައި އެ އިދާރާއަށް ގެންގޮސްފައެވެ. ނަމަވެސް މި ބައްދަލުވުމުގެ ތެރެއިން ނޫސްވެރިން ސުވާލުކުރީ ޒާތީ މައުލޫމާތު ބޭނުންކުރިކަމަށް ބުނާ މައްސަލައިގައެވެ.

ފޯމުތައް ފުރުމުގެ މަސައްކަތް ޑީއެންއާރުގެ ތެރޭގައި ކުރިއަށްދިޔައިރު، އެތަނުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އިންނަވާ ފޮޓޯއާއި ގުޅޭ ގޮތުންވެސް ނޫސްވެރިން ސުވާލުކުރިއެވެ. އެހެން ނަމަވެސް މިފަދަ ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވާ ޑީއެންއާރުން ބުނީ އެ ބައްދަލުވުމުގެ މަގްސަދަކީ ޑީއެންއާރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދައްކާލުންކަމަށެވެ. އެހެން ފަހަރަކުން އެކަމާއި ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންނާއި ބައްދަލުކުރާނެކަމަށް ބުންޏެވެ.

މީގެ އިތުރުން ޑީއެންއާރުން ވަނީ ފޯމުތައް ފުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކަށް އައްޔަނުކޮށްފައި ތިބި ސިޔާސީ މީހުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތްތައް އެ މުވައްޒަފުން ކުރަމުން ގެންދާނެކަމަށް ބުނެފައެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން އެތަނަށް ވަޑައިގެންނެވީ ޕިއްޒާ ކެއުމަށްކަމަށް ބުނެވެސް ވާހަކަދެކެވުނެވެ.

މިކަމާއި ގުޅިގެން އެކްސްގައި ފައްޔާޒް ވިދާޅުވީ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެވުމުން ހޯމް މިނިސްޓްރީގެ އިސްވެރިން ފިލި ނަމަވެސް މިކަމުގެ ހަގީގަތް މިއޮތީ ހާމަވެފައިކަމަށެވެ. ޕީއެންސީއަށް ވަގު ފޯމު ފުރީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި، ދައުލަތުގެ މުދާ ބޭނުންކޮށްގެން، އެ ތަނުގެ މުވައްޒަފުންކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޑީއެންއާރުގެ ވެރިން މި ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ބަލައި އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭ، އަދި ޕީއެންސީއިން އީސީއަށް މިދިޔަ މުއްދަތުގައި ހުށަހެޅި ފޯމުތައް ބާތިލުކުރަން ޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: