ޖަމްއިއްޔާތަކުގެ ރަޖިސްޓްރަރއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ގަވާއިދުން ހުށަހަޅާފައި ނުވާތީ އިންއެކްޓިވް ވެފައިވާ ޖަމްއިއްޔާތައް އެކްޓިވް ކުރުމަށް، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށްޓަކައި އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފިއެވެ.
އިތުރު ފުރުސަތު ދިނުމަށް ފުރަތަމަ ހަމަޖެހިފައިވަނީ 1971 އިން 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމްއިއްޔާ އަށެވެ.
މިގޮތުން ލިޔެކިއުންތައް ހުށަހެޅުމަށް 6 މަސް ދުވަހުގެ (20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00) ގެ ނިޔަލަށެވެ.
އިތުރު ފުރުސަތުދެވޭ ފުރަތަމަ 55 މަދަނީ ޖަމްއިއްޔާގެ ލިސްޓް އާންމުކޮށްފައިވާއިރު މި މުއްދަތު ތެރޭގައި ޖަމްއިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމްއިއްޔާތައް ޤާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
އެހެންކަމުން އިންއެކްޓިވް ވެފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން، ޖަމްއިއްޔާ އެކްޓިވް ކުރުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރަން ބޭނުންވާ ޖަމްއިއްޔާތަކުން ލިޔުންތައް އީމެއިލް ކުރެއްވުމަށް އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި ގުޅުއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

