ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޒުލްގެ މައްޗަށް ކުރެވެނީ އެޗްޑީސީގެ ރަސްމީ ލިއެކިއުންތަކެއް ނައްތާލިކަމުގެ ކުށުގެ ތުހުމަތު

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު --- - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެ ކުންފުނީގެ ރަސްމީ ލިއެކިއުންތަކެއް ނައްތާލިކަމުގެ ކުށުގެ ތުހުމަތުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސަންގު“ އަށް މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލައިގައި ފަޒުލްއާ ސުވާލުކޮށް ބަޔާން ނަގާފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުރިން ނެރެފައިވާ ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތްކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

މި މައްސަލައަކީ ފަޒުލްގެ ބޭބެ، ފަޒީލް ރަޝީދަށް އުސޫލުން ބޭރުން ހުޅުމާލެއިން ގޯއްޗެއް ލިބިފައިވާކަމަށް ބުނެ ފެންމަތިވެގެން އައި މައްސަލައަކާ ގުޅިގެން ތަޙްޤީޤު ކުރެވެމުންދާ މައްސަލައެކެވެ. ކުރީގެ ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަޒީލްގެ ނަން އޮތީ ގޯއްޗަށް ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި ނަމަވެސް، އޭނާއަށް ރަޖިސްޓަރީއެއް ލިބި، އެ ގޯތީގައި އިންފާރު ވެސް ރާނާފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށްފަހު، ބައެއް އިލެކްޓްރޯނިކް ސާމާނާއެކު 1.4 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ފައިސާއާ ގުޅޭގޮތުން ސުވާލު އުފެދެމުންދަނިކޮށް، ”ރިލެކްސް ފެރީ ސާވިސް“ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފައިސާއަކީ ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދީފައިވާ ފައިސާއެއް ކަމަށެވެ.

ފަޒުލް ވަނީ ބިންވެރިޔާ ސްކީމްގެ މައްސަލައިގެ ތުހުމަތުތަކަށް އިންކާރުކޮށް، އޭނާ މަޤާމަށް އައްޔަނުކުރި ފަހުން ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ގެންދެވީ ކުންފުނީގެ ޕޮލިސީތަކާއި ބޯޑުން ނިންމާ ނިންމުންތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ތަޙްޤީޤަށް ފުރުސަތު ދިނުމަށާއި، ކުންފުނީގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދަން ފުރުސަތު ދިނުމަށް މަޤާމުން އިސްތިއުފާ ދޭން ނިންމިކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ފަޒުލްއާއި، ފަޒީލްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: