ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ސަރުކާރުގައި ފެށި ގިނަ މަޝްރޫއުތައް ފެށިގޮތަށް ހުރީ ހުއްޓިފައި: ރައީސް

ރައީސް ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގައި ފެށި ގިނަ މަޝްރޫއުތައް އޭރުވެސް ހުރީ ހުއްޓިފައިކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހުޅުދުއްފާރަށެވެ. އެގޮތުން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، މި ދަތުރުފުޅުގެ މައިގަނޑު ބޭނުންފުޅަކީ ރަށުގެ ތަރައްޤީއަށް ކުރަން ފަށާފައި ހުރި މަސައްކަތްތަކާއި، އަދި ކޮށްދެއްވަން ވައުދުވެވަޑައިގެންފައިވާ ކަންކަން ބާރު ސްޕީޑެއްގައި މިއަހަރު ތެރޭގައި ނިންމައިދިނުމާއި، އަލަށް ފަށަންހުރި މަޝްރޫޢުތައް ފަށައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުުރުން، މިދިޔަ ސަރުކާރުގެ ތެރޭގައި ފެށި އަދި އޭރުގައި ހުއްޓިފައި، މިހާރު އަދި މާބޮޑު ކުރިއެރުމެއް ނައިސް ހުރި މަޝްރޫޢުތަކެއް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޖުމްލަކޮށް މިހެންހުރި ގިނަ މަޝްރޫޢުތަކަކީ މިފަދަ އެހެން ރަށްރަށުގައިވެސް ގާތްގަނޑަކަށް އެއް ސަބަބުތަކަކާ ހެދި ހުއްޓިފައި ހުރި ކަންކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މީގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ، ކުރީގައި ބައެއް ކުންފުނިތަކާ ހަވާލުކޮށް އެކަންކަން ރަނގަޅަށް ނުގޮސް ހުއްޓިފައިހުރި މަޝްރޫޢުތައްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިހާރު ވާނީ އެކަންކަމަށް ހައްލުތަކެއް ކަނޑައަޅުއްވާފައިވާ ކަމުގައި ވިދާޅުވެ، ހުޅުދުއްފާރުގައި ހުރި އެފަދަ މައްސަލަތަކުގެ މައްޗަށް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ.

ޚާއްޞަ ގޮތެއްގައި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައި އޮތް މަޝްރޫޢަކީ މުޅި ރާއްޖޭގައިވެސް އެ ކުންފުނީގެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑަށް ދިމާވެފައިވާ ބޮޑުހިލަ ނުލިބުމުގެ މައްސަލައިގެ ސަބަބުން ނުހިނގާ އޮތް މަޝްރޫޢެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިހާރު އެކަމަށް ހައްލެއް ހޯއްދަވައިދެއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބޮޑުހިލަ ވަރަށް އަވަހަށް ސަޕްލައި ކުރެވޭނެ ގޮތްތަކެއް މިހާރު ހަމަޖައްސައި ދެއްވާފައިވާ އޮންނާނެ . އަދި ކުރިއަށް އޮތް މަސްތަކުގައި ޝެޑިއުލެއްގެ ތެރެއިން ރާއްޖޭގައި އެމް.ޓީ.ސީ.ސީ އިން ބޮޑު ހިލަ ޖައްސަން ޖެހިފައިހުރި މަޝްރޫޢުތައް، އެއީ ގިރާ ސަރަހައްދާއި ބަނދަރުގެ މަޝްރޫޢުތައް ހިނގައިގަންނާނެ.

ހުޅުދުއްފާރުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް މިހާރު ގޮސްފައިވާ ގޮތް، އެކަންކަމާ ހަވާލުވެ ތިއްބެވި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް އެމައުލޫމާތު ހިއްސާކުރައްވައި، މަޝްވަރާ ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ކުރިއަށްދާނެ ގޮތްވެސް ސާފުކޮށްދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: