ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓެމްބަރުގެ ކުރިން އިއާދަކުރުވަނިވި ހަކަތައިން ކްލާސްރޫމްތައް އޭސީ ކުރަނީ

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރުގެ ކުރިން އިއާދަކުރުވަނިވި ހަކަތައިން ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ ހުޅުދުއްފާރުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ،  އޭސީ ހަރުކުރުމާއި އަދި އެއަށް ބޭނުންވާ ހަކަތަ އިޔާދަކުރަނިވި ހަކަތައިގެ ޒަރިއްޔާއިން ހޯދޭނެ މަގު ފަހި ކުރުމަށް މަޝްރޫއުތަކެއް ފެށިފައިވާ ކަމަށެވެ. އަދި އެ ކަމަށް ބޭނުންވާ ކަންކަން ހަމަޖެހި ވަރަށް ރަނގަޅު ހިސާބަކަށް ގެންދެވިފައިވާކަމަށްވެސް  ރައީސް ވިދާޅުވިއެވެ.

 މިއަހަރުގައި ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މި ރަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިއާދަކުރަނިވި ހަކަތައިގެ ބޭނުންކޮށްގެން އޭސީކޮށްދީ، ފިނިކޮށްދޭނަން

ރައީސް އިތުރަށް ވިދާޅުވީ، އަމާޒަކީ ސެޕްޓެމްބަރު މަހާ ހަމައަށްދާއިރު، އެ މަސައްކަތް މުޅިން ނިންމާލުން ކަމަށެވެ.

ސަރުކާރުގެ ސުކޫލުތައް އޭސީކޮށް، މުދައްރިސުން ތަމްރީނު ކުރުމުުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: