ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ހުޅުދުއްފާރު ކައުންސިލާއި އތމ ކޮމިޓީއާ ބައްދަލު ކުރައްވައިފި

ރައީސް ހުޅުދުއްފާރު ކައުންސިލާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުޅުދުއްފާރު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ހުޅުދުއްފާރުގައެވެ.

މިއަދުގެ ބައްދަކުރެއްވުމުގައި ކައުންސިލަރުންވަނީ ހުޅުދުއްފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށަށް ދަނާލެއް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. އަދި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، މަގު ހެދުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި، ބަނދަރުގެ ބޭރުތޮށި ބޭނުން ކުރެވޭ ގޮތަށް ހައްދަވައިދެއްވުމަށް ކައުންސިލަރުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރަށުގައި އަލަށް އާބާދުވާ ސަރަޙައްދުގައި، އަސާސީ ވަޞީލަތްތައް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަ ކުރައްވައި، އެ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމު ކުރުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއާއި ކައުންސިލުން ޙިއްޞާކުރެއްވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: