ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙަމަލާއާ ގުޅޭގޮތުން ޝަމީމް ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވައިފި

ޝަމީމަށް ދިން ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ޙަމަލާދިން މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުވެ ހެކިބަސް ދެއްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

މި އަޑުއެހުމުގައި އޮތީ އިފްތިތާޙީ ބަޔާން އިއްވުމާއި ދައުލަތުގެ ހެކިންގެ ހެކިބަސް ނަގަން ފެށުމެވެ. އެގޮތުން އެންމެ ފުރަތަމަ ދައުލަތުން އިފްތިތާޙީ ބަޔާން އިއްވުމުން ދިފާއުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ.

ދައުލަތުން މި މައްސަލައިގައި ދައުވާ އުފުލިއިރު ބުނެފައިވާ ގޮތުގައި އެ 7 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމީހުން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 7:42 އެހައިކަށްހައިއިރު، ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވާތީއެވެ.

އަދި ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއާއި، މި ހަމާދިން އިރު، ހަމަލާދީ ނިމެންދެން އޭގެ ތެރެއިން ބައެއް މީހުން ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީއެވެ

ދިފާއުން އިފްތިތާޙީ ބަޔާން އިއްވަމުން ބުނެފައިވަނީ މި މައްސަލައިގައި ހުށަހެޅިފައިވާ ދައުވާތަކަށް އިންކާރު ކުރާ ކަމަށާއި، ދިފާއީ ހެކިވެސް ހުށަހެޅިފައިވާނެ ކަމަށެވެ.

އެއަށްފަހު ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައިވާއިރު، ދެ ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.

ގާޒީ ވިދާޅުވީ، ޝަރީއަތުން މަސައްކަތް ކުރަމުންދަނީ މި ހިނގަމުންދާ ޖެނުއަރީ މަސް ތެރޭގައި މި މައްސަލައިގެ ހެކިބަސް ނަގައި ނިންމުމަށް ކަމަށެވެ.

އެންމެ ފުރަތަމަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރުވީ މި މައްސަލައިގެ އަނިޔާލިބުނު ފަރާތްކަމަށްވާ ކުރީގެ ޕީޖީ ހުސައިން ޝަމީމްއެވެ.

ހެކިބަސް ދެއްވަމުން ޝަމީމް ވިދާޅުވީ، ޙާދިސާ ހިނގި ދުވަހު ކަސްރަތު ކުރައްވަން ނުކުންނެވިއިރު ދެމީހަކު މަޑުކޮށްގެން ތިބިތަން ފެނުނު ކަމަށާއި، އެމީހުން ތިިބީ އެތަނުގައި ސައިކަލު ޕާކުކޮށްގެން ކަމަށެވެ. ދެމީހުންވެސް ތިބީ ހެލްމެޓު އަޅައިގެންކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެ ފަހުން ގެއަށް ވަޑައިގެންނެވުމާ ހަމައަށްވެސް ބަޔަކު ފާރަލަމުންދާކަމުގެ އިހުސާސް ކުރެވުނުކަމަށް ޝަމީމް ވިދާޅުވިއެވެ.

ފަހުން ޝަމީމަށް ޙަމަލާދިނީވެސް އެދެމީހުންކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ކަސްރަތުކޮށް ނިންމާފައި ގެއަށް އައިސް ސައިކަލު ޕާކުކޮށްފައި ވަންނަން އުޅެނިކޮށް ބާރު ސްޕީޑުގައި ސައިކަލުގައި ދެމީހަކު އައި ކަމަށާއި، އައިސް އޭގެ ތެރެއިން އެކަކު އޭނާއަށް ޙަމަލާ ދިން ކަމަށެވެ. އެ ޙަމަލާ އަމާޒުވީ ޝަމީމްގެ އަތަށްކަަން ފާހަގަކޮށް އޭނާ ވިދާޅުވީ، އަތް ނުނެގުނު ނަމަ ޙަމަލާ އަމާޒުވާނީ އޭނާގެ ބޮލަށް ކަމަށެވެ.

ޙަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރު ބިންމައްޗަށް ވެއްޓުމުން އެ ހަތިޔާރު ނަގައިގެން އެމީހުން ދުވެފައި ދިޔަ ކަމަށާއި، ޙަމަލާދިނީ މަރުތޭލެއް ޒާތުގެ އެއްޗަކުންކަމަށްވެސް ޝަމީމް ކިޔާދެއްވިއެވެ.

ދެވަނައަށް ހެކިބަސް ދިނީ ޝަމީމް ގޮވައިގެން ހޮސްޕިޓަލަށް ދިޔަ މީހާއެވެ. އޭނާ ކިޔާދިން ގޮތުގައި އޭނާއަށް ޝަމީމް ފެނުނީ އަންހެނުން ގޮވައިގެން އޮފީހަށް ދިޔަ މަގުމަތީގައެވެ. އޭރު ޝަމީމްގެ އަތުން ލޭ އަންނަ މަންޒަރު ފެނުނު ކަމަށާއި، ވަގުތުުން ޝަމީމް ގޮވައިގެން އޭޑީކޭއަށް ދިޔައީކަމަށް އޭނާ ކިޔާދިނެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުވެސް މި މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަމަށެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 88%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: