ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޣައްޒާގެ ނަޞްރު“ ފަލަސްޠީނުގެ ޙައްޤުގައި މާލޭގައި އެއްވުމެއް ބާއްވަނީ

ފަލަސްތީނުގެ ހައްގުގައި އިސްރާ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ހަރަކާތުގެ މައުލޫމާތު: ފޮޓޯ/ އިސްރާ އެސޯސިއޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްޠީނުގެ މުސްލިމް އަޚުންނަށް އިސްރާއީލުން ދެމުންގެންދިޔަ ލާއިންސާނީ ޙަމަލާތަކަށް ފަހު ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރާ ގުޅިގެން، ޣައްޒާގެ ރައްޔިތުންނަށް ހިތްވަރު ދިނުމާއި އެހީތެރިވެ ދިނުމުގެ ގޮތުން އެއްވުމެއް ބޭއްވުމަށް އިސްރާ އެސޯސިއޭޝަނުން ނިންމައިފިއެވެ.

”ޣައްޒާގެ ނަޞްރު“ ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެއްވުން އޮންނާނީ ހުކުރު ދުވަހު (24 ޖެނުއަރީ 2025) ހަވީރު 16:15 ގައި މާލޭ އާރޓިފިޝަލް ބީޗުގައެވެ. އިސްރާ އެސޯސިއޭޝަނުން އާންމުކޮށްފައިވާ ބަޔާނުގައިވާ ގޮތުން، ޣައްޒާގެ މުޖާހިދުން ހުށަހެޅި ހުރިހާ ޝަރުޠުތަކަކަށް އެއްބަސްވެ، އިސްރާއީލުގެ އަނިޔާވެރި ޔަހޫދީން ބޭނުންވި އެއްވެސް ކަމެއް ޙާޞިލް ނުވެ، ޞުލްޙައިގެ އެއްބަސްވުމަކަށް ދިޔުމަކީ ލިބުނު ބޮޑުވެގެންވާ ނަޞްރެކެވެ.

އިސްރާ އެސޯސިއޭޝަނުން ބުނެފައިވަނީ މުޖާހިދުންނާއި ޣައްޒާގެ ރައްޔިތުން ފާހަގަ ކުރަމުންދާ މި ނަޞްރުގައި ބައިވެރިވުމަކީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ގެނުވާނެ އަދި ޣައްޒާގެ ރައްޔިތުންގެ ހިތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ހަނގުރާމަ ނިމުނު ކަމުގައި ވިޔަސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލާ، އެ ޤައުމުގެ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް އެއްވުންތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރައްވާ ބޭފުޅުންވަނީ ގޮވާލައްވާފައިވާ ކަމަށެވެ.

މި އެއްވުމުގައި ރާއްޖޭގެ މަދަނީ ބައެއް ޖަމިއްޔާތަކާއި ޖަމާއަތްތަކުން ބައިވެރިވާނެ ކަމަށް އިސްރާ އެސޯސިއޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުން އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާ އެސޯސިއޭޝަނަކީ ފަލަސްޠީނުގެ ޙައްޤުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ އެއް ޖަމްޢިއްޔާއެވެ. 07 އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުނު ފަހުން މިއަދާ ހަމައަށް ވެސް، ފަލަސްޠީނު ޤަޟިއްޔާއަށް ގިނަގުނަ ޚިދުމަތްތަކެއް މި ޖަމްޢިއްޔާއިން ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 27%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: