ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލަގަބް ޕީއެންސީއަށް

ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލަގަބް ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް {ޕީއެންސީ} އިން ހޯދައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިވަގުތު ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއަކީ (ޕީއެންސީ) އެވެ. ޕީއެންސީގައި މިވަގުތު 68,968 މެންބަރުން ތިބިކަމަށް އީސީން ހާމަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެމްޑީޕީގައި 43,755 މެންބަރުން ތިބިކަމަށް ވަނީ ފާހަގަކުރެވިފައެވެ. ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށްވާއިރު، އެ ޕާޓީގައި 13,826 މެންބަރުން ތިބިކަމަށް ވެއެވެ.

އެހެނިހެން ޕާޓީތަކުގެ މެންބަރުންގެ އަދަދުތަކަށް ބަލާއިރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި 12,174 މެންބަރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި 9,210 މެންބަރުން، އަދާލަތު ޕާޓީގައި 9,049 މެންބަރުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި 6,050 މެންބަރުން، ދަ ޑިމޮކްރެޓްސްގައި 3,667 މެންބަރުން، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގައި 2,822 މެންބަރުން، (އެމްޓީޑީ) ގައި 2,359 މެންބަރުން، އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި 1,867 މެންބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ނަމަވެސް، ޕީއެންސީއަށް ވަގު ފޯމު ފުރައިގެން މެންބަރުން ވެއްދުމުގެ ތުހުމަތުތަކެއް ކުރެވޭ ކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤެއް ކުރިއަށް ގެންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 27%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 46%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: