އިލެކްޝަންސް ކޮމިޝަނުން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ސައްހަކަން ބެލުމެއް ނެތިކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުުމުގެ މަސައްކަތްތަކުގައި ނަހަމަ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުތައް ކުރެވެމުންދާއިރު ފައްޔާޒްވަނީ ސޯޝަލްމީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނެގުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ އެތައް ހާސް މައްސަލައެއް ފެންމަތިވެފައިވާކަމަށެވެ.
އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުންވަނީ ނިމިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ސައްހަކަން ބެލުމެއް ނެތި 40،000 މެމްބަރުން އެ ޕާޓީއަށް އިތުރުކޮށްދީފައިކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބައިވެރިވުން މިކަމުގެ ނެތި ނުދާނެކަމަށް ގަބޫލުކުރަން މަޖުބޫރުވެގެންދާނެކަމަށެވެ. ސަބަބަކީ މި މައްސަލައާއި ގުޅޭގޮތުން އެމަނިކުފާނު ހަނު ހުންނެވުންކަމަށެވެ.\
މީގެ ދުވަސްތަކެއް ކުރިންވެސް ފައްޔާޒްވަނީ މި މައްސަލައިގައި ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކައުކުރެވިފައިވާ އިދާރާއެއްގައި ޕީއެންސީން މައުލޫމާތު ނަހަމަ ގޮތުގައި ހޯދައިގެން، އެ ބިދާއިން ފޯމުތަކެއް ފުރާ މަންޒަރު ހިމެނޭ ފޮޓޯތަކެއް ލީކުވިކަމަށެވެ. އަދި ޑީއެންއާރްގެ ވެރިންވަނީ އިއުތިރާފްވެފައިވާކަމަށާއި ހިންގާފައިވަނީ ލަދުވެތި އަމަލުތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.

