ރައްޔިތުންގެ މަޖިލީހުން އެމްޑީޕީން ކާމިޔާބުކުރި ގޮނޑިތައް ފިޔަވައި ހުރިހާ ގޮނޑިއެއްގައި އިންނަވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތާއި އެހެނިހެން މަޤާމުތަކުގައިވެސް އިންނެވީ ރައީސް ޑރ. މުއިއްޒުކަމަށެވެ. އަދި މީގެ ކުރިން އެމްޑީޕީން މުޒާހަރާތައް ކޮށް އަޑުއުފުލަމުން އައީ މިއަދު ފެންނަ ފަދަ މަންޒަރުތައް އޭރުވެސް ފެންނަމުންދިޔުމުން ކަމަށް މާރިޔާ ދިވާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ޑީއެންއާރުގައި ރައްޔިތުންގެ މަޢުލޫމާތުގެ ނަހަމަ ބޭނުން ހިފަމުންދާ ކަމަށާއި، ވަޒީރު އިސްކޮށް ހުންނަވައިގެން މި ޢަމަލުތައް ހިންގަމުންދާއިރު އެޅޭ ފިޔަވަޅެއް ނެތްކަމަށެވެ. އަދި މިއީ ރައީސް ޑރ. މުއިއްޒުގެ ރޭވުމެއްގެ ދަށުން ކުރިއަށްދާ ކަމެއްކަމަށް ޤަބޫލުކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްއަކަށް އިންނަވާ ބޭފުޅަކު ބައްލަވަމުންދަނީ ބެންކޮކުގެ އެމްބަސީއަށްކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގައި ފޮތް ލިސްޓަށް ސަލާންޖެހޭ ހިސާބަށް ގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.
ދުންފަތުގެ މައްސަލައަށް ބަލާއިރު، އެމްޑީޕީން މަގުތަކަށް ނުކުތުމަށް ތައްޔާރުވާއިރަށް ސިނގިރޭޓްވެސް ރަނގަޅު އެއްޗަކަށް ބަދަލުވާކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ދުންފަތް މަނާކުރުމުގެ ވާހަކަތައް ދައްކަވަމުންދަނީ އެއީ ދުންފަތަށް ވުމުން ނޫންކަމަށާއި، އެމްޑީޕީން ނުކުމެ އެ ވާހަކަތައް ދައްކާލުމަށް ބަލާއިރު އެކަމެއް ހުއްދަކަމަށް ސަރުކާރުން ބުނާކަމަށް ވިދާޅުވިއެވެ.

