ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާ ދޫކުރުމާއި، ބޯޑާ މެނޭޖްމަންޓާއި ސްކިލް ޑިވެލޮޕްމަންޓްގެ ދާއިރާއިން ސައުދީއާއިއެކު މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިމިގްރޭޝަނުން، ވިސާ ދޫކުރުމާއި، ބޯޑާ މެނޭޖްމަންޓާއި ސްކިލް ޑިވެލޮޕްމަންޓްގެ ދާއިރާއާއި ގުޅޭގޮތުން ސައުދީ އަރަބިއްޔާއާއި އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕާސްޕޯޓްސްގެ ދަޢުވަތަކަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސަޢުދީގެ ވެރިރަށް ރިޔާޒަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ޝަމްއާން ވަނީ ސައޫދީގެ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕާސްޕޯޓްސްގެ މޭޖާ ޖެނެރަލް ޑރ. ސާލިހް އަލްމިރްބާއާއި ބައްދަލުކުރައްވާފައެވެ. އަދި އެ ގައުމުގެ އިސް އޮފިޝަލުންނާއި ވެސް ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވިސާ ދޫކުރުމާއި، ބޯޑާ މެނޭޖްމަންޓާއި ސްކިލް ޑިވެލޮޕްމަންޓްގެ ދާއިރާއިން މަޢުލޫމާތު ބަދަލުކުރެއްވިއެވެ. މީގެ އިތުރުން، އިމިގްރޭޝަންގެ ދާއިރާއިން މަޢުލޫމާތު ބަދަލުކުރުމާއި ތަމްރީން ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި އިމިގްރޭޝަން އޮފިސަރުން ތަމްރީނު ކުރުމުގެ ފުރުސަތުތަކާއި، މަޢުލޫމާތު ބަދަލުކުރުމާއި، އިންޓެލިޖެންސް ހިއްސާކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އިމިގްރޭޝަންގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް މަގުފަހިވާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: