ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލްކޯ މަޝްރޫއާ ގުޅިގެން ގެއްލުންދިން ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ފިނޭންސަށް އަންގައިފި

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލޭ 1 ގައި އިމާރާތްކުރި ފްލެޓް މަޝްރޫއުއާ ގުޅިގެން ބައެއް ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އޮޑިޓް އޮފީހުން އަންގައިފިއެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަސައްކަތް ނުނިންމުމުގެ ސަބަބުން އެއްބަސްވުން ބާތިލުކުރަން ޖެހުނު ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް ލަފާދީފައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ، އެކަމުގައި ޝާމިލުވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށްވެސް އޮޑިޓް ރިޕޯޓުގައި ލަފާދީފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނެސްފައިވެއެވެ. އަދި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާއިރު، 355 މިލިއަނުގެ ގެއްލުން ވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ ފްލެޓްތައް އެޅުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ހަވާލުކޮށް އިމާރާތްކުރަން ފެށިފައިވަނީ 2012 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 600 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. ނަމަވެސް، މަސައްކަތް ނިންމުމުގައި ގިނަ ދަތިތަކާ ކުރިމަތިވެފައިވެއެވެ.

އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އަންގާފައެވެ. މި މަޝްރޫއުގައި ހިނގާފައިވާ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާކަން މި ރިޕޯޓުން އެނގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: