ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބްރޯޑްކާސްޓިންގ ހިދުމަތަކީ ރަށްތައް ގުޅުވައިލަދިން ގައުމީ ބަދަހިކަމުގެ އަގުހުރި ހާދިމެއް: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބްރޯޑްކާސްޓިންގ ހިދުމަތަކީ ދުރުދުރުގައި މާ ކަނޑެއްގެ އުސް ރާޅުތަކުގެ ނިވަލުގައި އެތުރިފައިވާ ރަށްތައް ގުޅުވައިލަދިން ގައުމީ ބަދަހިކަމުގެ އަގުހުރި ހާދިމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބްރޯޑްކާސްޓް ޑޭ އާޓް ކޮމްޕެޓިޝަން 2024 ”ވިޝަންސް އޮފް ދަ ފިއުޗަރގެ“ ނަމުގައި ބޭއްވި ކުރެހުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ މެޑަމް ސާޖިދާ ވިދާޅުވީ އެ މުބާރާތަކީ ވަރަށް އުންމީދީ އިސްލާހީ ހަރަކާތެއްގެ ފެށުން ގެނެސްދޭ ރަސްމިއްޔާތެއް ކަމަށެވެ. ވަރަށް ގިނަ ތަފާތު ރޮނގު ރޮނގުން މުސްތަގުބަލުގައި ދިވެހި މުޖުތަމައަށް ފައިދާ ކުރާނެ ތަަސައްވުރެއްގެ ރަސްމިއްޔާތެއް ކަމަށް ވިދާޅުވިއެވެ.

އޭގެ ސަބަބަކީ އެ ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް އައު ހޭލުންތެރިކަމެއް، އަދި އައު ދިރުމެއް ގެނައުމަށްޓަކައި ހިންގުނު ވަރަށް ކާމިޔާބު މަސައްކަތަކަށް ވާތީ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ރާއްޖޭގެ ތާރިހުގައި ބްރޯޑްކާސްޓިންގ ވަރަށް ފަހުރުވެރި ހިދުމަތެއް ކަމަށާއި އެއީ ފޫހިކަމާއި މާޔޫސްކަން ދުރަށް ލައިދީ، ހިއްތަކަށް އުފާވެރިކަން ގެނެސްދިން ހިދުމަތެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ދީނުގެ މަތިވެރި އުސޫލުތަކާއި މަތިވެރި އަހުލާގުތައް އުނގަންނައިދިން ހިދުމަތެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

”އެއީ ރައްޔިތުންނަށް ބަހާއި، ތާރީހާއި، ސަގާފަތާއި، އާދަކާދަތައް ދަސްކޮށްދިން ހިދުމަތެއް. އެއީ ސިއްހަތާއި، މަސައްކަތްތެރިކަމާއި ފަންނުތަކާއި ގުޅުންހުރި އެތައް މައުލޫމާތަކަށް ގައުމު އަހުލުވެރިކުރުވި ހިދުމަތެއް. އެއީ ދަތުރުވެރިންގެ ހަބަރުތައް އާއިލާތަކަށް ފޯރުވައިދީ، އާއިލާތަކަށް ތަސައްލީ ގެނެސްދިން ހިދުމަތެއް“

ސަޖިދާ ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ހިދުމަތަކީ ދުރުދުރުގައި މާ ކަނޑެއްގެ އުސް ރާޅުތަކުގެ ނިވަލުގައި އެތުރިފައިވާ ރަށްތައް ގުޅުވައިލަދިން ގައުމީ ބަދަހިކަމުގެ އަގުހުރި ޙާދިމެއް ކަމަށެވެ. ސާޖިދާ ވިދާޅުވީ މިއީ ފާއިތުވި ތަނުގައި ބްރޯޑްކާސްޓިންގ ގެ ދާއިރާގައި އަދާކުރި ވަރަށް ކުރު ހުލާސާއެއް ކަމަށެވެ.

ވަކިވަކި ހާދިސާތައް ހިޔާލުފުޅަން ގެންނަވާ އެކަމަނާ ވަނީ، ނަސްރުގެ ދުވަހުގެ ހާދިސާ، އެނަމާ ބޯޓުގެ ކާރިސާ، ސުނާމީ ކާރިސާ ފަދަ ދުވަސްތައް ފާހަގަކުރައްވާފައެވެ. ސާޖިދާ ވިދާޅުވީ އެފަދަ ކޮންމެ ކާރިސާއެއްގައިވެސް ބްރޯޑްކާސްޓިންގެ ދާއިރާ އޮންނަނީ ވަރަށް އަވަދިނެތި ކަމަށެވެ.

މީގެއިތުރުން ސާޖިދާ ވިދާޅުވީ ބްރޯޑްކާސްޓިންގެ ހިދުމަތުގައި ވެސް ދެ ފަރާތެއް ހިމެނޭ ކަމަށެވެ. އެއީ ހިދުމަތް ދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތް ކަމަށް ވިދާޅުވިއެވެ. ދިރާސާތަކުން ދައްކާގޮތުން ދުނިޔޭގައި ބްރޯޑްކާސްޓިންގެ ދާއިރާ ވަޅުޖެހެމުން ނުދާ ކަމަށް ސާޖިދާ ފާހަގަކުރެއްވިއެވެ. ސޯޝަލް މީޑިއާގެ އެތައް މަންސައެއް މިހާރު ހަރަކާތްތެރިކޮށް ފެނުންކަމުގައި ވީނަމަވެސް، ރޭޑިއޯ އަދި ޓީވީގެ ދައުރު އެ މަންސަތަކަކަށް އެފަދަ ގޮތަކަށް އަދާ ނުކުރެވޭ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: