ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބެއްގެ ކެންޑިޑެސީ އީސީން ބަލައިނުގަތީ ގޯސްކޮށްކަމަށް ނިންމައިފި

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.މަކުނުދޫ ކައުންސިލުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އަމިއްލަގޮތުން ވާދަކުރި ފަރާތެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގޯސްކޮށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

އިބްރާހިމް މުޙައްމަދު ނަމަކަށް ކިޔާ ފަރާތަކުން ހުށަހެޅި މި މައްސަލައިގައި، އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު ގެއްލޭ ގޮތަށް އަދި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނާ ޚިލާފަށްކަމަށް ބަޔާންކޮށްފައިވެއެވެ.

މައްސަލައިގެ ތަފްޞީލަށް ބަލާއިރު، އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ކަމުގައިވާ 6 ޖެނުއަރީ 2025 ވަނަ ދުވަހުގެ 13:46 ގައި އިބްރާހިމް މުޙައްމަދު ވަނީ ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހަޅާފައެވެ. އަދި އިދާރީ ފީ ދައްކާފައިވަނީ ކޮމިޝަނާ ގުޅައިގެން ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް، ޖެހިގެން އައި ދުވަހު ކޮމިޝަނުން ވަނީ އޭނާގެ ކެންޑިޑެސީ ބަލައިނުގަންނަ ކަމަށް އަންގާފައެވެ. މިގޮތަށް ނިންމި ސަބަބެއްކަމަށް ކޮމިޝަނުން ބަޔާންކޮށްފައިވަނީ ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑުގެ ކޮޕީ ނެތުމެވެ.

ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރަމުން، އިބްރާހިމް މުޙައްމަދުގެ ފަރާތުން ވަނީ އިތުރު ތަފްޞީލުތަކެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި، ކޮމިޝަނުގެ މުވައްޒަފަކު އޭނާއަށް މެއިލްތައް ލިބިފައިވާކަމަށް ކަށަވަރުކޮށްދިން ކަމަށާއި، އޭގެ ފަހުން ޕޭމަންޓް އެޕްރޫވްކޮށް، އިދާރީ ފީ ދެއްކުމަށްފަހު ރަސީދު ހުށަހެޅި ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ އިޢުލާނާ އެއްގޮތަށް ބަލާއިރު، ޕޭމަންޓް އެޕްރޫވްކުރުމުގެ ކުރިން ހުށަހެޅުންތައް އެކަށީގެންވާ ވަރަށް ބަލާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަނުން އިބްރާހިމް މުޙައްމަދުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށެވެ. އެހެންކަމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ އިބްރާހިމް މުޙައްމަދުގެ ކެންޑިޑެސީ ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކުރައްވާފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: