ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ އަހަރަށް ވުރެ ފުރިހަމަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ރައްޔިތުން އެދޭ: އިހުސާން

ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގe terewinq
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އަހަރަށް ވުރެ ފުރިހަމަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް މިއަހަރު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ރައްޔިިތުންނަކީ މިދިޔަ އަހަރަށްވުރެ ބޮޑަށް މި އަހަރަށް ކުރާ އުންމީދު އިތުރުވާނެ ކަމަށް ދެކޭނެ ބައެއް ކަމަށާއި މިއަހަރަކީވެސް އެއަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދުމަތްކުރެވޭ އަހަރަކަށްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ފުލުހުން ޚިދުމަތުގައި މިންކުރެވިގެންދާ ގޮތް މިދިޔަ އަހަރަށްވުރެ މަތިވާނެ ކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި ޗެލެންޖް ގަބޫލުކޮށް އަތުކުރި އޮޅާލައިގެން ފުލުހުންގެ ޚިދުމަތަށް ހުރިހާ ފުލުހުން ނިކުތުމަކީ އެދޭ އެދުމެއް ކަމަށްވެސް ވިދާޅުވެފައެވެ.

އަސާސީ ތަމްރީނަކީ އެންމެ ފުރަތަމަ ފުލުހަކަށް ވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް. ކުރިއަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިޔުމަށް ބޭނުންވާ ތަމްރީނު ހޯދުމާއި އެކިއެކި އުކުޅުތައް ދަސްކުރުމާއި މިކަންކަމާއި އާލާވެ ޤާނޫނާއި ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން ޚިދުމަތުގައި އެއް ދުވަހަށް ވުރެ ފުރިހަމަ ޚިދުމަތެއް އަނެއް ދުވަހު ދިނުމަށް އަޒުމް ކަނޑައެޅުމަކީ މި ކެރިއާގަ ތިކުދިންނަށް ކުރިއަށްދިޔުމަށް އަޒުމް ކަނޑައަޅައިގެން ދާންޖެހޭ މިސްރާބު. ވަޒީރު އިޙްސާން

މިނިސްޓަރ ވަނީ ރާއްޖޭގައި ފުލުހުން ދެމުން އަންނަނީ އުނދަގޫ ޚިދުމަތެއް ކަމަށާއި ކޮންމެ ތަނެއްގައި ޑިއުޓީކުރަން ޖެހުނަސް އެންމެ ރަނގަޅަށް ޚިދުމަތް ކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރަމުންދާއިރު މި އަހަރު ނިމުމުގެ ކުރިން ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމްވެގެންދިޔުމަކީ އަމާޒެއް ކަމަށާއި އެތަންތަނަށް ފުލުހުން ޑިޕްލޮއި ކުރެވޭނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

6 މަސް ދުވަހުގެ ތަމްރީނެއްގެ ތެރެއިން ބޮޑު ބައެއް ނިންމާ ދަރިވަރުން ހޯދި ފުރިހަމަ ކާމިޔާބީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގަ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ދަރިވަރުންނަށް މިނިސްޓަރ ވަނީ އަރުވާފައެވެ.

ރާއްޖޭގެ ފުލުހުން މިއަދު ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ޚާއްސަ 4 މަސައްކަތެއް މިނިސްޓަރ ވަނީ ފާހަގަކުރައްވާފަައެވެ. އެގޮތުން ރާއްޖެއިން ޑްރަގްސް ނައްތާލުމާއި ގޭންގް ހަދައިގެން ކުށްކުރާ މީހުން ހުއްޓުވުމުގެ އިތުރުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމާއި ކުށުގެ ވެއްޓަށް ހުށައެޅިފައިވާ އަދި ހުށައެޅެމުންދާ ކުޑަކުދިން ސަލާމަތް ކުރުމަށް މިނިސްޓަރ ވަނީ ތަމްރީނު ހޯދުމަށް ފަހު ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅޭ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ތިޔަ ފުލުހުންނަނީ މިދެންނެވި މަސައްކަތުގެ އިތުރުން ގިނަ ޒިންމާތަކެއް ހަވާލުވެގެން ފުލުހުންގެ ސަފުތަކުގައި މަސައްކަތް ކުރާނެ ފުލުހުން. މިގޮތަށް މި މަސައްކަތް ކުރަމުންދާއިރު ރައްޔިތުން އެދޭ ވަރަށް މުހިންމު އެދުންތަކެއްވޭ. އޭގެ ތެރޭގައި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ލިބެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ޚިދުމަތް އަވަސް ކުރުމަކީ ރައްޔިތުން އެދޭ އެދުމެއް. ވަޒީރު އިޙްސާން

ދަސްވެނިވިންގެ ބެލެނިވެރިންނާ މުޙާތަބުކުރައްވާ މިނިސްޓަރ ވަނީ ޤައުމީ ޚިދުމަތަށް ދަރިން ނެރެދެއްވާކަމީ ބެލެނިވެރިން ޤައުމާ ދޭތެރޭ ގޮތް ވަރަށް ރަނގަޅަށް ސާބިތުވެގެންދާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ 38ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގައި މިއަހަރު 127 ދަރިވަރުންވަނީ ބައިވެރިވެ ސަނަދު ޙާސިލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 37 އަންހެނުންނާއި 90 ފިރިހެނުންނެވެ. މިރަސްމިއްޔާތުގައިވަނީ އެކި ސްކޮޑްތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: