ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީއަށްޓަކައި ރައީސްކުރައްވާ މަސައްްކަތްތަކުގައި ފުލުހުންގެ ފުޅާ ދައުރެއް އޮންނާނެ: ޣައްސާން

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ފުލުހުންގެ މުއައްސަސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ފުޅާ ދައުރެއް އޮންނާނެކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި 38 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިފާޢީ ވަޒީރު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެއްދެވުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެއްވުމަށް ކަމަށެވެ. އަދި ރައީސްގެ މަގުސަދުތަކުގެ ތެރޭގައި ރައްޔިތުންނާއި މުޖުތަމަޢު ރައްކައުތެރިކުރެއްވުމާއި، އިގްތިސާދީގޮތުން ފުދުންތެރި ގައުމަކަށް ރާއްޖެ ހެއްދެވުން ހިމެނޭ ކަމަށް ފާހަގަކުރެއްވިއެވެ.

ވަޒީރު ޣައްސާން އިތުރަށް ވިދާޅުވީ، އިގްތިސާދީގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ މިސާލުތަކެއްގެ ގޮތުގައި ސިންގަޕޫރާއި ޔޫއޭއީ ފާހަގަކުރެވޭ ކަމަށެވެ. މި ގައުމުތަކުގައި ފާހަގަކުރެވޭ މުހިންމު ސިފަތަކުގެ ތެރޭގައި މިނިވަންކަމާއި މުސްތަގިއްލުކަން، އަމަންއަމާންކަން، އިންސާފު ގާއިމުވެފައި އޮތުމާއި، ވަކިވަކި ފަރުދުންނާއި މުދަލުގެ ރައްކައުތެރިކަން ކަށަވަރުވެފައި އޮތުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ދައުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މުޖުތަމަޢުގެ އަމާންކަމާއި ރައްކައުތެރިކަން ދެމެހެއްޓުމަކީ ގާނޫނުއަސާސީން ފުލުހުންނާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު ވަރަށް މުހިންމު ކަމަށް ފާހަގަކުރެއްވިއެވެ.

ޣައްސާން ވިދާޅުވީ، ދިވެހި ފުލުހުންގެ މަސައްކަތުން ރާއްޖެއަކީ ސުލްހަވެރި އަދި އަމާން ވެށްމާން ވެށްޓެއް ގާއިމުވެފައިވާ ގައުމަކަށް ހެދުމަކީ ދިވެހި މުސްތަގުބަލު އުޖާލާވެގެންދާނެ މަގު ކަމަށެވެ. އަދި ރައްޔިތުންނާ ގުޅިގެން ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ އިސްކުރައްވައިގެން ފުލުހުންގެ ޚިދުމަތް އައު ރޫހެއްގައި ފަށްޓަވާފައިވާތީ ދާޚިލީ ވަޒީރު ޢަލީ އިޙްސާނަށާއި ޕޮލިސް ކޮމިޝަނަރ ޢަލީ ޝުޖާޢުއަށް ޝުކުރު އަދާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: