ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިއެކްސްޕްރެސް ޕެކެޖުނަގަން ރެޑްބޮކްސްއިން ފޮނުވާ މެސެޖަކީ ސްކޭމެއްނުންކަން ކަށަވަރުކޮށްދީފި!

ރެޑްބޮކްސްގެ ހިދުމަތްތައް: ފޮޓޯ/ ރެޑްބޮކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރެޑްބޮކްސްއިން އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އަލިއެކްސްޕްރެސްގެ ޕެކެޖުތައް ގެނެސްދިނުމުގެ ޚިދުމަތް ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ތަޢާރަފުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ރެޑްބޮކްސްގެ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ޕެކެޖެއް އެ ކުންފުނީގެ ބެލުމުގެ ދަށަށް އަންނަ ހިނދު، އެކަމާ ގުޅޭ މަޢުލޫމާތު ކަސްޓަމަރަށް މެސެޖެއްގެ ޒަރީޢާއިން އަންގާނެއެވެ. މި މެސެޖުތަކަކީ ޞައްޙަ މެސެޖުތަކެއް ކަމަށާއި، ޕެކެޖު ނެގުމަށް ވަޑައިގަތުމަށް އެދި ރަސްމީކޮށް އަންގާނީ މިފަދައިން ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މިހާރު ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވަމުން ދާތީ، ރެޑްބޮކްސްއިން ވަނީ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން، ރެޑްބޮކްސްއިން ފޮނުވާ އެއްވެސް މެސެޖެއްގައި ލިންކެއް ނުހިމެނޭނެ ކަމަށާއި، އެފަދަ މެސެޖުތަކަށް ސަމާލުވުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ރެޑްބޮކްސްއިން ފޮނުވާ މެސެޖުތަކުގައި ހިމެނޭނީ ހަމައެކަނި ޕެކެޖު ނެގުމަށް ވަޑައިގަންނަވަންޖެހޭ ތަނުގެ މަޢުލޫމާތާއި، ޕެކެޖު ލިބިގަތުމަށް ބޭނުންވާ އެހެނިހެން މުހިންމު މަޢުލޫމާތު ކަމަށް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ. އަދި އެއްވެސް ޝައްކެއް އުފެދިއްޖެ ހާލަތެއްގައި، ވަގުތުން redbox.mv ގެ ލައިވްޗެޓް މެދުވެރިކޮށް ނުވަތަ 3344555 ނަންބަރަށް ގުޅުއްވައިގެން ކަސްޓަމަރ ސަރވިސްއާ ގުޅުމަށް އެ ކުންފުނިން އިރުޝާދު ދެއްވާފައިވެއެވެ.

ވަރަށް ގަދަ
82%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: