ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް: ރައީސް

ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން އެ ޤައުމުގެ ރައީސަށާއި، ބޮޑުވަޒީރަށް އަދި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް އެކުވެރިކަމުގެ ގުޅުން އަބަދުވެސް ދަމަހައްޓާނެ ކަމަށެވެ. އަދި މި ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ފާހަގަކުރައްވައިފައިވެއެވެ.

”ބަދަލުވަމުންދާ ޒަމާންތަކާއެކުވެސް މި ގުޅުން ދެމިއޮތްކަން ފާހަގަކުރަން. ދެ ޤައުމުގެ އިސްތިރާޖީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އަހަންމިއްޔަތުކަން ދޭނަން. އަދި ދެ ޤައުމު ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްތައް ކުރާނަން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި ދިފާއީ ދާއިރާއިން އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ދިފާއީ އަދި އަސްކަރީ ޤާބިލިއްޔަތު އިތުރުކުރުމަށް އިންޑިއާއިން ސީދާ އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މީގެ ތެރޭގައި ތަމްރީނުތަކާއި، އާލާތްތަކާއި، އަދި އެހެނިހެން ވަސީލަތްތައް ހިމެނެއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއަކީ އެތައް ޒަމާނެއް ވަންދެން ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ، އިޖްތިމާއީ އަދި ސަޤާފީ ގުޅުންތައް އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: