ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ މޑީއާތަކަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟
ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރުމަށް ބިލެއް ތައާރަފްކުރުމުގެ އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ހީނާ ވިދާޅުވެފައިވަނީ، ސަރުކާރުގެ ލެޖިސްލޭޓިވް ސިޔާސަތުގެ ތެރޭގައިވެސް އެފަދަ އެއްވެސް ބިލެއްގެ މަސައްކަތެއް ހިމެނިފައިނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތްކަން ހީނާ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ހީނާ ވިދާޅުވީ، ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ދޭހަވާ ގޮތަށް ބައެއް ޚަބަރުތައް ފަތުރަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގަމުންނުދާކަމަށް ހީނާ ވިދާޅުވިއެވެ.

”އެންމެ ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު,“ ހީނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުންކަން ހީނާ ތަކުރާރު ކުރެއްވިއެވެ.

އެހެންނަމަވެސް، އިންޓަނެޓާއި މީޑިއާތައް ރެގިއުލޭޓުކުރަން ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވާ ގޮތުގައި، މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ވަރަށް ފަހުގެ މަރުހަލާއެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: