ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 10 ފެބްރުއަރީގެ ނިޔަލަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 2024 ޑިސެމްބަރު 31 އާ ހަމައަށް ކޮމިޝަނަށް ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް 2025 ޖަނަވަރީ 23 ވަނަ ދުވަހު ވެބްސައިޓުގައި އާންމުކޮށްފައިވެއެވެ.

ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ ’މައި ޕޯޓަލް‘ (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެންވެސް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހަމަޖެހިފައިވާކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއްވިއެވެ.

ޝަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންޖެހޭނެކަމަށް އީސީން ހަނދާންކޮށްދެއްވާފައިވެއެވެ.

މި މަސައްކަތަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުރެވޭ ކަމެއްކަމަށް އީސީން މަޢުލޫމާތު ދެއްވިއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީ ކޮމިޝަނުން ބަލަހައްޓަންވާނެ ކަމަށާއި، ކޮންމެ 6 މަހަކުން 1 ފަހަރު ކޮމިޝަނުން ބަލައި ކަށަވަރުކުރަންވާނެ ކަމަށް ބަޔާންކޮށްފަޔާންކޮށްފައިވެއެވެ.

ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާކަމުގެ ޝަކުވާ އިތުރުވެފައިވާ ދަނޑިވަޅެއްގައި މި ފުރުޞަތު ހުޅުވާލާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާފައިވަނީ ރާއްޖޭގައި އެކަށީގެންވާ ފިންގަރ ޕްރިންޓް ޑޭޓާބޭސްއެއް ނެތްކަމެވެ. މިކަމާ ގުޅިގެން، ޕާޓީތަކަށް މެންބަރުން ވައްދާ ފޯމުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށްވެސް އީސީން މަޢުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: