ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ސަރުކާރުގައި ފެނަކައިން ކުންފުންޏަކަށް ދަރާފައިވާ 28 މިލިއަން ރުފިޔާ ދައްކަން ޙުކުމެއް!

ފެނަކަ ކޯޕަރޭޝަން- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުންތަކަކާ ގުޅިގެން ދައްކަންޖެހި ނުދެއްކިވާ 28 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދަޢުވާކުރާ ދިމަހް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވަނީ ޚިދުމަތާއި މުދަލުގެ އަގަށްވާ 28،116،900.76 ރުފިޔާ (އަށާވީސް މިލިއަން އެއްލައްކަ ސޯޅަހާސް، ނުވަސަތޭކަ ރުފިޔާ 76 ލާރި) 11 މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހެއްގައިވެސް މަދުވެގެން 2،500،000 ރުފިޔާ ދައްކަމުންގޮސް ދަރަނި ޚަލާސް ކުރުމަށް ފެނަކައިގެ މައްޗަށް އަންގައި މައްސަލައިގައި ޙުކުމްކޮށްދިނުމަށެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ކޯޓުން ބޭރުގައި ޙައްލު ކުރުމަށް 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފެނަކަ ކުންފުނީގެ ފަރާތުން އެދުނެވެ. އެހެންނަމަވެސް، އެ މުއްދަތުގެ ތެރޭގައި ދެފަރާތުން އެއްބަސްވި ގޮތެއް ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.

އޭގެ ފަހުން، 2024 އޮކްޓޯބަރު 23 ވަނަ ދުވަހު އަނެއްކާވެސް މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވިއެވެ. އަދި ޖެނުއަރީ 26 ގައި ބޭއްވި އަޑުއެހުމުގައި ފެނަކަ ކުންފުނީގެ ފަރާތުންވެސް އެދިފައިވަނީ ދިމަހް ކުންފުނިން ހުށަހެޅި ގޮތަށް މައްސަލަ ނިންމަވައިދެއްވުމަށެވެ.

މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ މުޙައްމަދު އީސާފުޅު ވަނީ ދެފަރާތުން އެއްބަސްވި ގޮތުގެ މަތިން މައްސަލަ ނިންމަވައި ޙުކުމް ކުރައްވާފައެވެ.

ފެނަކަ ކުންފުނިން ދައްކަންޖެހޭ މި ދަރަންޏަކީ 2022 އަދި 2023 ގައި އެކި ފަހަރުމަތިން ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ދިމަހް ކުންފުނިން ފޯރުކޮށްދިން ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއެވެ. މި ޙުކުމާއެކު، ފެނަކަ ކުންފުނިން މި ފައިސާ ދައްކަން ފަށަންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: