ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީގެ ލޭންޑްމާކް ޑިޒައިންކުރަން ހުޅުވާލައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ/ ފޮޓޯ: އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީ ކުންފުނީގެ ލޭންޑްމާކް ޑިޒައިން ކުރުމުގެ މުބާރާތް ހުޅުވާލައި އެކަން އިއުލާނުކޮށްފިއެވެ.

އެމްއެމްޕީއާރްސީން ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނިން ހުޅުވާލާފައިވާ ލޭންޑްމާކް ޑިޒައިން ކުރުމުގެ މުބާރާތަކީ ރާއްޖޭގެ ފަންނާނުންގެ ހުނަރު ދައްކާލުމަށްޓަކައި ލިބިގެންދާ ރަނގަޅު ފުރުސަތެއްކަމަށެވެ. މީގެ ކުރިންވެސް މިކަމަށް ފުރުސަތު ހުޅުވާލިއިރު، އަލުން ހުޅުވާލީ މިކަމުގައި ގިނަ ފަރާތްތަކަކަށް ބައިވެރިވުމަށް ފަހިވެގެންދާކަން ކަށަވަރުކުރުމުގެ ގޮތުންކަމަށެވެ. އަދި މިކަމުގައި ބައިވެރިވެވަޑައިގަންނަވާ މީހުންނަށް އިތުރަށް އެހީތެރިވެދިނުމަށާއި ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ފެބްރުއަރީ 17 ވަނަ ދުވަހު މެންދުރު 14:00 ގައި މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ކުރިއަށް ގެންދާނެކަމަށެވެ. މި ސެޝަންގައި ހާޒިރުވެގެންނާއި އޮންލައިންކޮށްވެސް ބައިވެރިވެވޭނެކަމަށާއި ޖަޖިންގް ކްރައިޓީރިއާ ފަދަ ކަންކަމުގެ މައްޗަށް އަލިއަޅުވާލާނެކަމަށެވެ.

ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް contest@visitmaldives.com އަށް އީމެއިލް ކުރައްވައިގެން މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ. މި މުބާރާތަށް ހުށައެޅުންތައް ފޮނުވުމުގެ ގޮތުން ކަނޑައަޅާފައިވާ ސުންގަޑިއަކީ ފެބްރުއަރީ 28 ވަނަ ދުވަހުގެ ހަވީރު 18:00 އެވެ. އެ ކުންފުނިން ހޯދަމުންދަނީ ރާއްޖޭގެ މުއްސަނދި ތަރިކައާއި ސަގާފަތާއި ގުދުރަތީ ރީތިކަން ދައްކައުވައިދޭ ފަރުމާތަކެއްކަމަށްވެސް ބުނެފައިވެއެވެ.

ވެލާނާ އެއަރޕޯޓާއި މާލެ ސިޓީ އަދި ކަނޑުއަޑީގެ ސަރަހައްދުތަކުގެ އިތުރުން ގްރޭޓާރ މާލެ ސަރަހައްދު ފިޔައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ބިނާތައް ހަރުކުރާނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: