ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރުކުރެވޭ ޕްލެޓްފޯމެއް!

ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލްއިން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރުކުރެވޭ ޕްލެޓްފޯމެއް ޤާއިމުކޮށްފިއެވެ.

ބޭންކުން މައުލޫމާތު ދޭ ގޮތުގައި މި ޕްލެެޓްފޯމާއެކު، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ހިދުމަތަކީ ފޮރިން ކަރަންސީ އެކްޓް އަދި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަންއާ އެއްގޮތްވާ ގޮތުގެ މަތިން ފެށި ޚިދުމަތެކެވެ.

މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް ގާނޫނާއި ގަވައިދުގެ ދަށުން މާރުކުރަން ޖެހޭ ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ ބޭންކުން ޑޮލަރު ވިއްކާ އަގުކަމަށްވާ 15.42 ރުފިޔާ އަށެވެ.

މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ ގޮތް ހެދުންކަންވެސް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: