ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރައްވައިފި

ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް/ ފޮޓޯ: ކެމްޕެއިން ޓީީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.

އަދި އެމަނިކުފާނު ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ.

ރައީސް މުޢިއްޒުއަށް ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ކެބިނެޓާއި މިނިސްޓްރީތަކުގެ މަސައްކަތްތަކަށް މުހިންމު ބަދަލުތަކެއް ގެންނަވާފައިވެއެވެ. މި ބަދަލުތަކުގެ ތެރޭގައި ދާދިފަހުން ގެނެވުނު ކެބިނެޓް ބަދަލުތައްވެސް ހިމެނެއެވެ.

މިގޮތުން، އުވާލެވުނު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ބިން ބޭނުންކުރުމާއި، އަރބަން ސަރަޙައްދުތައް ތަރައްޤީކުރުމާއި، ޤައުމީ ތަރައްޤީ ރޭވުމާއި، ތަފާސްހިސާބާ ގުޅޭ މަސައްކަތްތައް މިހާރު ހަވާލުކުރެވިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއެވެ.އެންމެ ފަހުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، ހައުސިންގ މިނިސްޓްރީ އަދި އެނިމަލް ވެލްފެއަރ މިނިސްޓްރީއެވެ. ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލުމަށްފަހު، އޭގެ ހިންގުން ހަވާލުކުރެވިފައިވަނީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއެވެ.

ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު މިހާރު ހަވާލުވެވަޑައިގެންފައިވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަޤާމާއެވެ. އަދި ފިނޭންސް އާއި ޕްލޭނިންގ މިނިސްޓްރީ އެއްކޮށްލުމަށްފަހު، އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މޫސާ ޒަމީރެވެ.

ކުރީގެ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިހާރު ހަވާލުވެވަޑައިގެންފައިވަނީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރުކަމުގެ މަޤާމާއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 40%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: