ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ވިއެޓްނާމް ބަޔަކު އަތުލައިގެންފި

ރާއްޖޭގައި ފުޅާދާއިރާއެއްގަައި ހަށިވިއްކަމުން ދިޔަ ވިއެޓްނާމްގެ ބަޔަކު އަތުލައިގަތުން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް، ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ، ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މިފަދަ އެކި ވިޔަފާރި ކުރަމުން ދިޔަ މީހުންތައް ހިފަހައްޓައި ޑީޕޯޓުކޮށްލާފަ އެވެ.

އެންމެ ފަހުން ގެންދިޔަ ރެއިޑާއި ގުޅޭ މައުލޫމާތު އާންމުކޮށް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، ހާއްސަ އޮޕަރޭޝަންތައް ހިންގަމުންދާކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ ރެއިޑެއްގައި ހިފަހައްޓާފައި ވަނީ ވިއެޓްނާމްގެ 4 އަންހެނުންނާއި، އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ފިރިހެނަހަކު ހިފަހައްޓާފަ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މީގެ ތެރެއިން ތިން އަންހެނަކު ރާއްޖޭގައި އުޅެމުން އައި ވޯކް ވިސާގައެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ޑީޕޯޓުކޮށްލާފައެވެ. އަދި ބާކީ ތިބި މީހުން ވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި ގުޅޭ ބޮޑެތި އޮޕަރޭޝަންތައް ހިންގައި މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލި މީހުންގެ އަދަދު ފަސް ހާހުން މައްޗެވެ. އަދި އިމިގްރޭޝަންގެ އެކި ރެއިޑުތަކުގައި އެއްވެސް ސާފުތާހިރުކަމެއް ނެތި ކާބޯތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ތަންތަން ވެސް ބަލައި ފާސްކޮށްފައި ވެއެވެ.

އިމިގްރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން، ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވީ އަމާޒަކީ އެ އިދާރާގެ އޮޕަރޭޝަންތައް ކުރިޔަށް ވުރެ ވަރުގަދަ ކުރުން ކަމަށެވެ. އަދި މިދިޔަ އަހަރު އެންމެ ބޮޑަށް ދިމާވީ ޑިޓެންޝަން ސެންޓަރުގެ ޖާގައިގެ ދަތިކަންކަމަށްވުމާއި އެކު އެ މައްސަލަ ވެސް ހައްލު ކުރެވި ޑީޕޯޓު ކުރުމުގެ ސްޕީޑު އަވަސް ކުރެވޭނެކަމަށް ޝަމްއާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: