ކ. ގާފަރުގައި ބިދޭސީއަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިއަދު ހެނދުނު 7:05 ހާއިރު ހިނގި މި ހާދިސާގައި ބަންގްލަދޭޝްގެ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގާފަރު މަގެއްގެ މަތިންނެވެ. އަދި މި މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓްކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވިފައިވެއެވެ. އެއީ ގާފަރު ގުލްދަސްތާގޭ ޖާޒިމް ޖައުފަރެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަޙްޤީޤުކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

