ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 3 ފަރާތަކުން އެމްއެމްއޭގެ ފަވަރަގެ ޚިދުމަތްތައް ދޭން ފަށައިފިި

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އިން ޚިދުމަތް ދިނުމަށް އިތުރު 3 ފަރާތަކުން ބައިވެރިވެއްޖެއެވެ.

އެމްއެމްއޭއިން މައުލޫމާތު ދިން ގޮތުގައި ސިސްޓަމްގައި އަލަށް ބައިވެރިވެ ފަވަރަގެ ޚިދުމަތް ދޭންފަށާފައިވާ ފަރާތްތަކަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ.

މީގެ ތެރެއިން ދިރާގު ފިންޓެކް އަކީ ބޭންކު ނޫން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅޭ ފުރަތަމަ ފަރާތެވެ. މި 3 ފަރާތުން ވެސް ވަނީ ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގގެ މަރުހަލާވެސް ފުރިހަމަ ކޮށްފައެވެ.

ސިސްޓަމާއި ގުޅުމާއިއެކު މި ތިން ފަރާތުގެ ޚިދުމަތްތައް ބޭނުންކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ޚިދުމަތްތައް ލިބިގެންދާނެކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

ފަވަރަ އާއި އަލަށް ގުޅުނު އެޗްބީއެލް އަދި ސީބީއެމް އާއި އެކު ރާއްޖޭގައި ބޭންކިންގގެ ޚިދުމަތް ދެމުންގެންދާ ހުރިހާ ބޭންކުތަކެއް މިހާރު މިވަނީ ސިސްޓަމްގައި ބައިވެރިވެފައެވެ. މިޔާއިއެކު އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ވަގުތުން މިހާރު ކުރެވޭނެއެވެ.

ކުރިޔަށް އޮތްތަނުގައި ޕޭމަންޓް ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުން ވެސް ސިސްޓަމާއި ގުޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: