ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިބަރުގެ މަސައްކަތް ކުރާ ތަންތަން ހުންނަން ވާނީ އާންމުންނަށް އޭގެ އަސަރު ނުކުރާ ގޮތަށް: ގަވައިދު

ވިލިމާލެ އިރުމަތީ ފަރާތު ބީޗުގައި ފައިބަރު މަސައްކަތްކުރުމާ ދެކޮޅަށް ބަހައްޓާފައި ހުރި ބޯޑެއް -- ފޮޓޯ: އަހްމަދު އައިހަމް | ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިބަރުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަން ޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ބެހޭ ގަވައިދު އާންމުކޮށްފިއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވައިދުގެ މަގްސަދަކީ ފައިބަރުގެ މަސައްކަތް ކުރާ ތަންތަނަކީ ސިއްހީ ތައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ހުންނަ ތަންތަންކަމަށް ކަށަވަރު ކުރުމެވެ. އަދި ފައިބަރުގެ މަސައްކަތުގައި ބޭނުން ކުރާ ނުރައްކާތެރި މާއްދާތަކުން އާންމު ރައްޔިތުންނާއި ތިމާވެއްޓާއި އެ ތަންތަނުގައިވާ ދިރުންތަކަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާކަން ކަށަވަރު ކުރުމެވެ.

ގަވައިދު ބުނާ ގޮތުގައި ފައިބަރުގެ މަސައްކަތް ކުރާ ތަންތަނުގެ ތެރެއިން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ބަންނަ ތަންތަން ގާއިމުކޮށްފައި ހުންނަން ވާނީ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގާނޫނާއި އެހެން ގާނޫނުތަކުން ނުވަތަ ގަވައިދަކުން ކަނޑައަޅާ އެ ނޫން ވެސް މިންގަނޑުތަކާއި އެއްގޮތަށެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދާއި ގޯތިތަކުގައި ނުވަތަ ބަނދަރުތަކާއި ފައިބަރުގެ މަސައްކަތް ކުރެވޭނީ ހެތްލް ސޭފްޓީ އިންސްޕެކްޝަނަށް ބިނާކޮށް އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުގެ ހުއްދަ ލިބިގެންކަމަށް ވަނީ ބުނެފައެވެ.

ގަވައިދުގައި ބުނެފައި ވަނީ މިފަދަ ތަންތަން ޑިޒައިންކޮށް ފަރުމާކޮށްފައި ހުންނަންވާނީ، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށާއި އާންމު ރައްޔިތުންނަށް ފައިބަރުގެ ކުނޑީގެ އަސަރުނުކުރާ ގޮތަށް ކަމަށެވެ.

މީގެއިތުރުން ފައިބަރު ބޭނުން ކުރުމަށް ފަހު ނައްތާލެވޭ ފައިބަރު ޝީޓާއި ފައިބަރު ކުނޑިއާއި ތަނުގައި ބޭނުން ކުރާ އެކި ބާވަތުގެ ކެމިކަލްފަދަ ތަކެތި ކުނި މެނޭޖު ކުރުމުގެ ގަވައިދުތަކާއި އެއްގޮތަށް ރައްކާތެރިކަމާއި އެކު ނައްތާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ގަވައިދުން ލާޒިމް ކުރެއެވެ. ފައިބަރުގެ މަސައްކަތް ކުރާ ތަނެއްގައި ހުންނަން ޖެހޭ މިންގަނޑުތަކުގެ ތެރޭގައި މުވައްޒަފުންނަށް ސާފުތާހިރުވުމަށް، ރައްކާތެރި ގޮތުގައި އަތްދޮވުމާއި ފާހަނާކުރުމާއި ފެންވެރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެއެވެ. އަދި މަސައްކަތަށް ފަހު ހެދުން ބަދަލު ކުރެވޭނެ ގޮތް ވެސް އެތަނެއްގައި ހަމަޖެހިފައި ހުންނަން ވާނެކަމަށް ގަވައިދުގައިވެއެވެ.

މީގެއިތުރުން މަސައްކަތް ކުރާ މުވައްޒަފުން ބޭނުން ކުރަންވާނީ، ރެސްޕިރޭޓަރާއި އެކު ހުންނަ ފޭސް މާސްކެވެ. އަދި ޕީޕީއީ ބޭނުން ކުރުމާއި އެކު، މަސައްކަތަށް ފަހު އެ ރަނގަޅަށް ސާފުކޮށް ރައްކާތެރި ކުރަން ޖެހެއެވެ. އަދި މަސައްކަތް ކުރާއިރު އެކަމަށް އެކަށީންވާ ގޮގްލްސްއާއި، ލޯ ރަނގަޅަށް ނިވާކުރުމާއި އެކު އަޑުގަދަ މެޝިނަރީތައް ބޭނުން ކުރާއިރު އެކަމަށް ބޭނުންވާ އިޔަރ މަފްސް ބޭނުން ކުރަންވާނެކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.

މި މަސައްކަތްތައް ކުރުމުގައި މުވައްޒަފުން ތިބެންވާނީ، ގަވައިދު ބުނާ ގޮތުގައި ބޮލާއި ހަށިގަނޑު އެއްކޮށް ނިވާވާ ގޮތަށް ހުންނަ އެއް ފަހަރު ބޭނުންކޮށް އުލާލާ ނުވަތަ އަލަށް ބޭނުން ކުރެވޭ ފަދަ އޯވަރޯލްއެއްގައެވެ. މިއާއި އެކު ހުރިހާ މުވައްޒަފުން ވެސް ބޭނުން ކުރަން ޖެހޭނީ ސޭފްޓީ ބޫޓެވެ.

ފައިބަރު މަސައްކަތް ކުރާ ތަނުގައި ރަނގަޅު ވެންޓިލޭޝަނެއް ގާއިމު ކުރުމާއި އެކު، ބޭނުން ކުރާ ކެމިކަލް ފަދަ ތަކެތި ރައްކާތެރި ގޮތުގައި ބެހެއްޓޭ ގޮތެއް ހަމަޖައްސަންވާނެކަމަށް ގަވައިދުގައި ވެއެވެ.

ފައިބަރުގެ މަސައްކަތް ކުރާ ތަންތަން އިންސްޕެކްޓު ކުރުމާއި ގުޅޭގޮތުން ގަވައިދުގައި ބުނެފައި ވަނީ، އޭޖެންސީ ބޭނުންވެއްޖެ ހާލަތެއްގައި ފައިބަރުގެ މަސައްކަތް ކުރާ ތަނަކަށް އެޖެންސީ ނުވަތަ އޭޖެންސީ ކަނޑައަޅާ ފަރާތަކުން ވަދެ ބަލައި ފާސްކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އިންސްޕެކްޝަނަށް ދާ މީހަކީ ނުވަތަ ބަޔަކު ކަނޑައަޅާފައިވާ ވަކި ތަމްރީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

ފައިބަރުގެ މަސައްކަތް ކުރާ ތަނެއް ބަންދު ކުރެވޭނީ، އާންމު ސިއްހަތަށް ނުރައްކަލެއް ހުރިކަމަށް ފެންނަ ހާލަތެއްގަ އެވެ. އަދި އިންސްޕެކްޝަނަށް ފަހު އިސްލާހު ކުރުމަށް އަންގާ ކަންކަން މުއްދަތުގެ ތެރޭގައި ރަނގަޅުނުކޮށްފި ނަމަ ވެސް އެތަނެއް ބަންދު ކުރެވޭނެއެވެ.

އިންޕެކްޝަނަށް ދިއުމުން އެތަނެއްގެ މަސައްކަތަށް ހުރަސް އަޅައިފި ނަމަ، 2000 ރުފިޔާއިން ޖުރިމަނާ ކުރެވިދާނެއެވެ. އަދި އަލުން ނުދެނީސް މަސައްކަތް ފަށައިފި ނަމަ ވެސް ހަމަ މި އަދަދުން ޖުރިމަނާ ކުރެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: