ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ދުވަހުގެ އައިލެންޑް މިއުޒިކް ފެސްޓިވަލްއާއި އެކު ކަމަދޫގައި ބޮޑު އީދެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބައިނަލްއަޤުވާމީ ކަމަދޫ އައިލެންޑް މިއުޒިކް ފެސްޓިވަލް މި އަހަރުގެ ފެބްރުއަރީ 12 އިން 14 އަށް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

މި ފެސްޓިވަލްގައި ރާއްޖޭގެ ޖަޒީރާ ރީތިކަމާއި ދިރިއުޅުމުގެ ހިތްގައިމު މަންޒަރުތަކާއި، ދިވެހިންގެ ސަގާފަތާއި ފަންނުވެރިކަން ދައްކުވައިދޭ ގޮތަށް ބައިނަލްއަޤުވާމީ ފަންނާނުންގެ ވެސް ހުށަހެޅުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދާ ތިން ދުވަހުގެ ޝޯވތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގައި ދުވާލުގެ ސާފު ހުދު ގޮނޑުދޮށާއި، ރޭގަނޑުގެ ވަގުތުގެ ތެރެއިން ހިތްގައިމު ހުށަހެޅުންތައް ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Může jít o malůvku text
ކަމަދޫ މިއުޒިކް ފެސްޓިވަލް: މިއުޒިކް، އާޓް، ފުޑް އެންޑް ކަލްޗަރ މޫވަމަންޓް – ބ. ކަމަދޫ

މި ފެސްޓިވަލްގައި ދިވެހި ޕާފޯމަރުންގެ ގޮތުގައި ސިމްބޮލިކް ރިކޯޑްސް، ސްކައި-ރޮކް، ފަސީ ލައިވް، ޑީޖޭ ޕައި ޑެ، ދަ ކަބަންސް އަދި ޑީކޭ ޑީޑް ފަދަ މަޝްހޫރު ފަންނާނުން ބައިވެރިވާއިރު، ސަގާފީ ހުށަހެޅުންތަކުގެ ގޮތުގައި ކަމަދޫ ބޮޑުބެރު ގުރޫޕާއި، ކަމަދޫ ބަނޑިޔާގެ އަދި ކަމަދޫ މާފަތިގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. ބޭރުގެ ފަންނާނުންގެ ތެރޭގައި ސްރީލަންކާގެ ދަ ސޯލް، މެލޭޝިއާގެ ރެނީ އާއި ޕްލޭން ޑީ، ޕެސެންޖަރ ސީޓް، އެޑްވިން، އޮސްޓްރޭލިއާގެ ޖެމީ ވިލްސަން އަދި ހަންގޭރީގެ ހެލްގާ ހިމެނެއެވެ.

ފެސްޓިވަލްގައި އެކި ވޯކްޝޮޕްތަކާއި، ބީޗް ކުޅިވަރުތަކުގެ އިތުރުން ސަގާފީ އަދި ދިވެހި އާޓިސްޓުންގެ އެކި ހުށަހެޅުންތައް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، އެއް ދުވަހުގެ ޓިކެޓް 465 ރުފިޔާ އަދި ތިން ދުވަހުގެ ޕާސް 1،235 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މި ޕާސްތަކުގައި ފެސްޓިވަލް ގްރައުންޑް އެކްސެސްއާއި، މިއުޒިކް އަދި ކަލިނަރީ ވޯކްޝޮޕްތަކުގެ އިތުރުން ލޯކަލް ކަޒީން ލަންޗް ބުފޭ ހިމެނެއެވެ.

May be an image of text
ކަމަދޫ މިއުޒިކް ފެސްޓިވަލްގައި ޕާފޯމް ކުރާ ބައެއް މިއުޒިކް ބޭންޑުތައް

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ފަށާފައިވާއިރު، ބުކިންގއަށް ގުޅޭނެ ނަންބަރުތަކަކީ:

ފޯނު ނަންބަރުތައް:
+960 7987792

+960 7987793

+960 7987794

KIMF Viber: +960 7889890

ފެސްޓިވަލްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ސަންގު ޓީވީ އެވެ. އަދި ފެސްޓިވަލްއާ ގުޅޭ އިތުރު މައުލޫމާތު https://kimfmaldives.online/ މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.

Může jít o obrázek drhání a text
ކަމަދޫ މިއުޒިކް ފެސްޓިވަލްގައި ތަފާތު އެކި ވޯކްޝޮޕްތަކާއި، ބީޗް ކުޅިވަރުތައް ހިމެނޭ

ކަމަދޫގައި ބާއްވާ މި ފެސްޓިވަލްއަކީ އެރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށުގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ. އަދި މި ފެސްޓިވަލްގެ ސަބަބުން ރަށުގެ ވިޔަފާރިތަކަށް ކުރިއެރުން ލިބި، ރަށުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: