ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރް.ޓީ.އެލް ފެރީ ރޯދައިގެ ކުރިން ތަކަންދުއަށާއި މާރަންދުއަށް މަޑުކުރާނެ: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ރަމަޟާން މަހުގެ ކުރިން، މަތިބިތުން ދަތުރުކުރާ އާރް.ޓީ.އެލް ފެރީ، ތަކަންދުއަށާއި މާރަންދުއަށް މަޑުކޮށްފައި ދާގޮތަށް ހަމަޖައްސަވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ހއ. ތަކަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ތަކަންދޫގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ފަށަންޖެހި، ނުހިނގާ އޮތް މަޝްރޫއެއް އެބައޮތް ކަމަށެވެ. އެ މަޝްްރޫއަށް ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއާ އެކުއެކީގައި ތަކަންދުއަށް ކުރިމަތިވެފައިވާ ރަށްގިރުމާއި ތުނޑި ހިމާޔަތްކުރުންވެސް ކުރިއަށްދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ކުރައްވާނީ ރަށުގެ ޤުދުރަތީ ރީތިކަން ގެއްލިގެން ނުދާގޮތަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރަމަޟާން މަހުގެ ކުރިން، މަތިބިތުން ދަތުރުކުރާ އާރް.ޓީ.އެލް ފެރީ، ތަކަންދުއަށާއި މާރަންދުއަށް މަޑުކުރާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ އަންނަ ރަމަޟާން މަހުގެ ކުރިން، މަތިބިތުން ދަތުރުކުރާ އާރް.ޓީ.އެލް ފެރީ، ތަކަންދުއަށާއި މާރަންދުއަށް މަޑުކޮށްފައި ދާގޮތަށް ހަމަޖެހޭނެ

މީގެ އިތުރުން، ސަރުކާރުގެ ވަރަށް މުހިންމު އެހެން ސިޔާސަތެއް ކަމަށްވާ ޓޫރިޒަމް ފުޅާކުރުމުގެ ތެރެއިން ވިޒިޓަރ އިކޮނޮމީ ފުޅާކުރުމަށްޓަކައި ކަނޑައަޅުއްވާފައިވާ ކަންކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ރާއްޖޭގައި އަބަދު މި އޮންނަ ޓޫރިޒަމްގެ ކޮންސެޕްޓް ފުޅާކޮށް، ތާރީޚާއި ސަގާފަތަށް ލޯބިކުރާ ފަތުރުވެރިންނަށް އަމާޒުކޮށް ކަލްޗަރަލް ޓޫރިޒަމް ރާއްޖޭގައި ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 ތަކަންދޫގައި ހުރި އާސާރީ ތަންތަންވެސް ރަނގަޅު ގޮތެއްގައި ހިމާޔަތްކޮށް، އެތަންތަނާ ބެހޭ ވާހަކަތައް ކިޔައިދެވޭނެ ގޮތެއް ޤާއިމު ކުރެވިގެން ދިއުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތާރީޚާއި ސަގާފަތަށް ލޯބިކުރާ ފަތުރުވެރިނަންނަށް ދެވޭ ވަރަށް ބޮޑު ފުރުސަތަކަށްވާނެ

އޭގެ އިތުުރުން، ލޯކަލް ޓޫރިޒަމް ފެށުމުން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަސައްކަތަކަށްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: