ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024ގެ ފަހު ކުއާޓާރގައި ބީއެމްއެލްއަށް 725 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނު!

ބީއެމްއެލްގެ ހިދުމަތްތައް: ފޮޓޯ/ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބެންކް އޮފް މޯލްޑިވްސްއަށް 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން 2024 ވަނަ އަހަރުގެ ފަހު ކުއާޓާރގައި އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ލިބިފައިވާކަން ހާމަކުރިއިރު މިއީ 47 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކޮށްފައިވެއެވެ. މި ކުއާޓާރގައި ސާފު ފައިދާ އިތުރުވެފައިވަނީ ޕްރޮވިޝަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމާއި ގުޅިގެންކަންވެސް ހާމަކޮށްފައިވެއެވެ.

އެ ކުންފުނިން އޮޑިޓުނުކުރާ ހިސާބުތަކުން އަހަރުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާކަންވެސް ބެންކުން ހިއްސާކޮށްފައިވެއެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 4 އިންސައްތައިގެ އިތުރުވުމެއްކަމަށްވާއިރު ޖުމުލަ އެސެޓުތައްވެސް 2023 ވަނަ އަހަރާ އަޅާ ބަލާއިރު 3 ބިލިއަނުން އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ. އަދި ދޫކުރަމުންދާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެފައިވާއިރު ނިމިދިޔަ އަހަރުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ޖުމުލަކޮށް 5.2 ބިލިއަން ރުފިޔާގެ ލޯނުތައް ދޫކޮށްފައިވާކަމަށާއި ބެންކުގެ ލިކުއިޑިޓީ ރޭޝިއޯއާއި ރައުސުލްމާލު ގާނޫނުން ލާޒިމުކުރާ މިންވަރަށްވުރެ މަތީގައި ބެހެއްޓިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފްވަނީ މި ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމްޑީ ޝަރީފް ވިދާޅުވީ، 2024 ވަނަ އަހަރުގެ ތެރޭގައި ބެންކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި މުއައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާކަމަށެވެ. އަދި ލިބިފައިވާ ހަރުދަނާ މާލީ ނަތީޖާއިން ކުންފުނީގެ ކުރިއެރުން ދައްކުވައިދޭއިރު މުޖުތަމައަށް ހިދުމަތްކުރުމަށް ބެންކުންދޭ އަހައްމިއްޔަތުވެސް ދައްކައުވައިދޭކަމަށެވެ. ޝަރީފް ވިދާޅުވީ، 2025 ވަނަ އަހަރު ބެންކުން މަސައްކަތްކުރާނީ ނިމިދިޔަ އަހަރުގައި ލިބުނު ނަތީޖާއާއެކު އިިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާއިއެކުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: