ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރަކީ ރައީސް ހުރިހާ ރަށަކަށް ވަޑައިގެން މަސައްކަތްތައް ފައްޓަވައިދެއްވާ އަހަރު: ނަސީރު

މެމްބަރު ނަސީރު އަދި ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރަކީ ރައީސް ހުރިހާ ރަށަކަށް ވަޑައިގެން މަސައްކަތްތައް ފައްޓަވައިދެއްވާ އަހަރުކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އިހަވަންދޫގެ ރައްޔިތުންނާއި އެކު އޮތް ބައްދަލުވުމުގައި ނަސީރު ވިދާޅުވީ، މި ސަރުކާރަށް ވެރިކަން ލިބުނުއިރު ރާއްޖެ އޮތީ ވަރަށް ދަތި ހާލަތެއްގައިކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ހުރިހާ ދަތިތަކަކަށް ރަނގަޅު ހައްލުތައް ގެނެސްފައިކަމަށާއި މި އަހަރު ފެނިގެންދަނީ އެދޭ ތަރައްގީތަކާއި އުންމީދުތައް ހަގީގަތަކަށް ހެދުމުގެ ބުރަ މަސައްކަތްތައް ރައްޔިތުންނާއި ގާތުން ކުރަމުންދާ މަންޒަރުކަމަށް ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، މިހާރު މަސައްކަތްތައް ފެށިފައިވާކަމަށާއި އެހެންކަމުން ލަސްތަކެއް ނުވެ ކުރިމަތިވެފައިވާ ހިތްދަތިކަމުން ރައްޔިތުން ސަލާމަތްވެ ވަރަށް އަވަހަށް އުންމީދުތައް ހަގީގަތަކަށް ވެގެންދާނެކަމަށެވެ. މެމްބަރު ވިދާޅުވީ، މި ސަރުކާރުން މަސައްކަތްތައް ކުރަމުންދާއިރު އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އެކަމާއި ކަންބޮޑުވާކަމަށާއި އެކަމަށް ފާޑުކިޔުންތައް އަމާޒުކުރާކަމަށެވެ. އަދި ސަބަބަކީ ކުރަމުންދާ މަސައްކަތްތައް ރަނގަޅަށް ކުރަމުންދިއުންކަމަށާއި ކަންކަން ރަނގަޅަށް ކުރަމުންދާއިރު އެކަމާއި ގުޅޭގޮތުން ދޮގު ހަބަރުތައް ފަތުރައި އެއީ ނުރަގަޅު ގޮތްކަމަށް ބުނެ ވާހަކަތައް ފަތުރަމުންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބު ހާސިލުވަމުންދާކަމުގެ ޔަގީންކަން އިހަވަންދޫގެ ރައްޔިތުންނަށް ލިބެމުންދާނެކަމަށާއި އެ ޔަގީންކަންމަތީގައި ސަރުކާރާއިއެކު ތިއްބެވުމަށް އެދިވަޑައިގަންނަވާކަމަށެވެ. މެމްބަރު ވިދާޅުވީ، ލަސްތަކެއް ނުވެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށެވެ.

ނަސީރު ވިދާޅުވީ، މި އަހަރަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މަސައްކަތްތައް ފެށިގެންދާ އަހަރުކަމަށެވެ. ނަމަވެސް ގައުމަށް ދިމާވެފައިވާ އެކި ދަތިތަކަށް ފަރުވާ ދިނުމުގައިވެސް މަސައްކަތްތައް ކުރެވެމުންދާނެކަމަށްވުމުން ރައްޔިތުން އުންމީދުކުރާ ބާރުމިނުގައި މަސައްކަތްތައް ކުރިއަށް ނުދިއުމަކީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށެވެ.

މެމްބަރު ވިދާޅުވީ، ރައްޔިތުންވަނީ ރައީސް މުއިއްޒުގެ ހިދުމަތް ބަލައިގަނެފައިވާކަން ހާމަކޮށްފައިކަމަށާއި ސިއްރުންނާއި ފާޅުގައިވެސް ރައްޔިތުންދަނީ އުފާ ފާޅުކުރަމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: