ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވައިފި

އިހަވަންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ މިނިސްޓަރ ޝިޔާމް އަޅުވައިދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިހަވަންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ މިނިސްޓަރ ޝިޔާމް އަޅުއްވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރެވޭނެއެވެ. މީގެއިތުރުން އޮފީސް އިމާރާތަކާއި އިންޖީނުގެއެއް، ވެހިކަލް ވޯކްޝޮޕަކާއި ގުދަނެއްވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެއެވެ. އަދި 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި، 3.5 މީޓަރުގެ ފުންމިނުގައި ބަނދަރެއް އަދި ތިން ޕޮއިންޓުން މަސްކިރޭ ޖެޓީއެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްގީ ކުރެވޭނެއެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ބޮޑުތިލަދުންމަތީގެ މަސްވެރިންނަށް ތެޔޮ އަދި އައިސް ހޯދުމަށް ދުރަށް ދަތުރުކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ޚަރަދުތައް ވެސް ކުޑަވެގެންދާނެކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން އިހަވަންދޫގައި 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށް ލަފާކުރެވެއެވެ. މިއީ އުތުރުގެ މަސްވެރިކަމުގެ ސިނާޢަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: