ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ކޯ ގުރޫޕުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައިވާގޮތުން ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި މި ބައްދަލުވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ނިމިދިޔަ އަހަރުގެ އޮކްޓޫބަރުގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީއާއިއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރުކަމަށްވާ ’އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް‘ ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ގައުމުގެ ދެމެދު މަޝްވަރާކުރުމަށްވެސް ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުންކަމަށެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުންނާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔަކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން އިގްތިސާދާއި ޑިޖިޓަލް ފައިނޭންސިންގެ އިތުރުން މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށާއި މި ހައިލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މި އަހަރުގެ އެޕްރިލް މަހުގައި އިންޑިއާގައި ބޭއްވުމަށް ކަނޑައެޅިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: